ކ. މާލެ
|
27 މެއި 2024 | ހޯމަ 18:15
ފަތުރުވެރިޔާ ގެނައި ކުއްތާ ތުލުސްދޫއަށް ބާލަނީ
ފަތުރުވެރިޔާ ގެނައި ކުއްތާ ތުލުސްދޫއަށް ބާލަނީ
ރާއްޖެއެމްވީ
ރާއްޖެ ގެނައި ކުއްތާ
ހުއްދަ ލިބިގެން ގެނައި ކުއްތާ ތުލުސްދޫއަށް ބޭލި މައްސަލަ ބަލަނީ
ކުއްތާ ރާއްޖެ ގެނައީ ހުއްދަ ހޯދައިގެން

ހުއްދަ ލިބިގެން ގެނައި ކުއްތާ ރަށަށް ބޭލި މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފައިވަނީ ކުއްތާއަކީ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން  މިނިސްޓްރީ އޮފް ޑިފެންސްގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ލިބިގެން  ރާއްޖެއަށް ގެނެވޭ އެއްޗެއް ކަމަށެވެ.

އަދި ދައުރުވަމުންދާ ވީޑިޔޯގައި ފެންނަ ކުއްތާއަކީ، މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ސެއިލިންގ ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެކެވެ. ހަމައެކަނި އެ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއްތާ ގެންގުޅުމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ޚާއްޞަ ހުއްދައެއް ދީފައިވެއެވެ. އަދި، އެ ޔޮޓު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރިނަމަވެސް، ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ހުއްދައާ ޚިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާކަމަށް ބެލެވޭތީ، އެ މުއައްސަސާއިން މައްސަލަ އިތުރަށް ތަހުޤީޤްކުރަމުންގެންދާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ފަތުރުވެރިއަކު ގެނައި ކުއްތާ ބާލާފައިވަނީ ކ. ތުލުސްދޫއަށެވެ. ފުލުހުން ބުނީ އެ ކުއްތާއަކީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކަމަށެވެ. އަދި އެ ކުއްތާ ތުލުސްދޫއަށް ބޭލިކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހަރަކާތްތެރިވެ، ކުއްތާ އަނބުރާ ޔޮޓަށް ގެންގޮސްފައިވާ ކަމަށެވެ.

- ކޮމެންޓް