ކ. މާލެ
|
27 މެއި 2024 | ހޯމަ 10:23
ބޮންއެޅުމުގެ ސަބަބުން ކޭމްޕްގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުންދާ މަންޒަރު މީޑިއާގައި ވަނީ އާންމު ވެފައި
ބޮންއެޅުމުގެ ސަބަބުން ކޭމްޕްގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުންދާ މަންޒަރު މީޑިއާގައި ވަނީ އާންމު ވެފައި
ރޮއިޓާސް
ފަލަސްތީނު އިސްރާޢީލް ހަނގުރާމަ
އިޒްރޭލުން ރަފާ ސިޓީގެ ފޭލިގެ ކޭމްޕަކަށް ބޮން އަޅާ ދިރިތިއްބާ ފަލަސްތީންގެ އެތައް ބަޔަކު އަންދާލައިފި
 
އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ބޮންއެޅީ ވަގުތީ ފޭލިގެ ޖަހާފައިވާ ސަރަހައްދަކަށް

ގެދޮރު ގެއްލިފައިވާ ފަލަސްތީން ރައްޔިތުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރުމަށް އދ. އިން ރަފާ ސިޓީގައި ހަދާފައިވާ ފޭލިގެ ކޭމްޕަކަށް އިޒްރޭލް ސިފައިން އާދިއްތަ ދުވަހު ބޮން އަޅާ މަދުވެގެން 35 ފަލަސްތީން ރައްޔިތުން މަރާލައިފިއެވެ.

ޔަހޫދީ ސިފައިންގެ މި އުދުވާނުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާ އަންހެނުން ކަމަށް ގާޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

ބޮންއެޅުމުގެ ސަބަބުން ކޭމްޕް ގެ ބޮޑު ސަރަހައްދެއްގައި ރޯވެ އަނދަމުންދާ މަންޒަރު މީޑިއާގައި އާންމު ވެފައިވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާގައި އިޒްރޭލުގެ މި އަމަލު ސިފަ ކޮށްފައިވަނީ ދިރި ތިއްބާ އިންސާނުންތަކެއް އަންދާލުން ކަމުގައެވެ.

އިޒްރޭލް ސިފައިން ބޮން އެޅި ކޭމްޕް އަކީ އިޒްރޭލް ސިފައިން އަމިއްލައަށް "ރައްކައުތެރި ސަރަހައްދު" އެއް ގޮތުގައި ކަނޑައަޅާފައި އިއުލާން ކޮށްފައިވާ ސަރަހައްދެކެވެ.

މީގެ އިތުރުން، ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި އިޒްރޭލް ސިފައިންވަނީ ޖަބާލިއާ އާއި ނުސީރަތް އަދި ގާޒާ ސިޓީގައި ވަގުތީ ހިޔާތައް ގާއިމް ކޮށްފައިވާ ސަރަހައްދުތަކަށް ވެސް ހަމަލާ ދީފައެވެ. އެ ހަމަލާ ތަކުގައި މަދުވެގެން އިތުރު 160 މީހުން މަރާލާފައި ކަމަށް ފަލަސްތީންގެ އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

އިޒްރޭލުން ވަނީ މި ހަމަލާތައް ދިން ކަމަށް އެއްބަސް ވެފައެވެ. އެހެން ނަމަވެސް ބުނެފައިވަނީ "ޕްރެސިޝަން ހަތިޔާރު" ބޭނުން ކޮށްގެން ހަމަލާތައް ޓާގެޓް ކޮށްފައި ވާނީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ. ހަމަލާގެ ސަބަބުން ރޯވި އަލިފާނުން ބައެއް އާޢްމުން ޒަޚަމްވި ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

އިޒްރޭލުން މި ދިން ހަމަލާ އާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަހޫދީ ސިފައިން މި ހިންގި އަނިޔާވެރި އަމަލުގެ ޒިންމާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ނަންގަވަން ޖެހޭނެ ކަމަށެވެ. ހަމާސް އިން ބުނެފައިވަނީ ޔަހޫދީ ސިފައިން މިފަދަ ޖަރީމާ އެއް ހިންގާނީ އެމެރިކާގެ އާނ ބަސް ދީގެން ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7ން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމާލާތަކުގައި މިހާތަނަށް މަދުވެގެން 35،984 ފަލަސްތީނުގެ ރައްޔިތުން ވަނީ ދުނިޔެ ދޫކޮށްފައެވެ. މީގެ އިތުރުން ޒަޚަމްވި މީހުންގެ އަދަދު މަދުވެގެން 80،643 ށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ގާޒާ އަށް ޔަހޫދީ ސިފައިން ދޭ ހަމަލާތަކުގައި 15 ހާހަށް ވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ފުންޏެއް އޮއްސާލައިފި
އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް ހަމާސް އިން ޖަވާބު ދީފި
ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ގަބޫލު ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފި
އާއްމުން އުޅޭ އެޕާޓްމަންޓަކަށް އިޒްރޭލް ސިފައިން ހަމަލާ ދީ ފަލަސްތީނުގެ 8 މީހަކު މަރާލައިފި
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް