ކ. މާލެ
|
26 މެއި 2024 | އާދީއްތަ 20:19
ބޯޓުކ ގަދަ ކޮޅިގަނޑެއްގައި ޖެހުނީ ތުރުކީ މަތިން ދަތުރު ކުރަނިކޮށް
ބޯޓުކ ގަދަ ކޮޅިގަނޑެއްގައި ޖެހުނީ ތުރުކީ މަތިން ދަތުރު ކުރަނިކޮށް
އޭބީސީ ނިއުސް
ގަތަރު އެއަރވޭސް
ގަތަރު އެއަރވޭސް ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ބޯޓުން ދަތުރު ކުރި 12 މީހަކަށް އަނިޔާވެއްޖެ
އަނިޔާވީ 6 ފަސިންޖަރުންނަށާއި 6 ކްރޫންނަށް
ބޯޓު ޑަބްލިންގައި ޖެއްސީ އިމަޖެންސީކޮށް
މައްސަލަ އިތުރަށް އެއަރލައިން އިން ތަހުގީގު ކުރަނީ

ދޯހާ އިން ފުރައިގެން ޑަބްލިއަން އަށް ދަތުރު ކުރި ގަތަރު އެއަރވޭސްގެ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 12 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ އާދިއްތަ ދުވަހުއެވެ.

ޑަބްލިންގައި މެންދުރު ބޯޓު އިމަރޖެންސީ ކޮށް ޖެއްސި އިރު އިމަރޖެންސީ ޚިދުމަތްދޭ ފަރާތްތަކާއި، ފުލުހުންނާއި ފަޔަރ އަދި ރެސްކިއު ޚިދުމަތްދޭ ފަރާތްތައް ހަރަކާތްތެރި ވަމުން ދިޔައެވެ.

ޑަބްލިން އެއަރޕޯޓުން އާއްމު ކުރި ބަޔާނެއްގައި މި ހާދިސާ އާ ގުޅޭ ގޮތުން ބުނެފައިވަނީ ބޯޓު ގަދަ ކޮޅިގަނޑެއްގައި ޖެހުނީ ތުރުކީ މަތިން ދަތުރު ކުރަނިކޮށް ކަމަށާއި، ހާދިސާގައި 6 ފަސިންޖަރުންނަށާއި 6 ކްރޫންނަށް އަނިޔާވި ކަމަށެވެ.

ގަތަރު އެއަރވޭސް އާ ހަވާލާދީ ބައިނަލް އަގްވާމީ ބައެއް މީޑިއާ ތަކުން ބުނެފައިވަނީ، ބައެއް ފަސިންޖަރުންނަށާއި ކްރޫ މެމްބަރުންނަށް ކުދި ކުދި އަނިޔާ ލިބިފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތްތަކަށް ސިއްޙީ އެހީތެރިކަން ދެމުންދާ ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ގަތަރު އެއަރވޭސްގެ ބޯޓަކަށް މިހާދިސާ ކުރިމަތި މިވީ މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ވިލާތުން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރި ސިންގަޕޫރު އެއަރލައިންސްގެ ބޯޓަކަށް މިފަދަ ހާދިސާ އެއް ކުރިމަތިވެފައި ވަނިކޮށްނެވެ. އެ ހާދިސާގައި 104 ފަސިންޖަރުންނަށް އަނިޔާވެ، ހާޓް އެޓޭކެއް ޖެހި އެކަކު މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް