ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 22:51
ޤަތަރު އެއަރވޭސްގެ ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި
ޤަތަރު އެއަރވޭސްގެ ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި
ވެލާނާ އެއާޕޯޓް
ވޯލްޑް އެއާލައިން އެވޯރޑްސް
2022ގެ އެންމެ މަގްބޫލް އެއާލައިނަކަށް ޤަތަރު އެއާވޭސް
އެންމެ ގިނަ އެވޯޑް ހާސިލްކޮށްފައި ވަނީ ވެސް ގަތަރް އެއާވޭސް އިން
ކޮވިޑް-19އިގެ ސަބަބުން ފާއިތުވި ދެ އަހަރު ދުވަހު ވޯލްޑް އެއާލައިން އެވޯރޑްސް ބާއްވާފައި ވަނީ ވަރޗުއަލްކޮށް

2022 ވަނަ އަަހަރުގެ ވޯލްޑް އެއާލައިން އެވޯރޑްސްގެ ދުނިޔޭގެ އެއްވަނަ އެއާލައިން އަކަށް ޤަތަރު އެއާވޭސް ހޮވިއްޖެއެވެ.

ކޮވިޑް-19އިގެ ސަބަބުން ފާއިތުވި ދެ އަހަރު ދުވަހު ވޯލްޑް އެއާލައިން އެވޯރޑްސް ބާއްވާފައި ވަނީ ވަރޗުއަލްކޮށެވެ. އެހެންނަމަވެސް މި އަހަރު އެ އެވޯޑް ބާއްވާފައި ވަނީ ލަންޑަންގެ ލަންގަމް ހޮޓެލްގައެވެ. ގިނަ އެއާލައިންތަކުން ބައިވެރިވި މި އެވޯޑް ހަފްލާ އަކީ ތާރީހީ ހަފްލާއެކެވެ. އޭވިއޭޝަން ދާއިރާގެ އޮސްކާގެ ނަމުން މަޝްހޫރު މި އެވޯޑަކީ 1999 އިން ފެށިގެން މެދު ނުކެނޑި ދެމުން އަންނަ އެވޯޑެކެވެ.

މިފަހަރުގެ ވޯލްޑް އެއާލައިން އެވޯރޑްސްގެ އެންމެ ގިނަ އެވޯޑް ހާސިލްކޮށްފައި ވަނީ ވެސް ޤަތަރް އެއާވޭސް އާާއި ސިންގަޕޯރ އެއާލައިންސްއިންނެވެ. އެއީ 9 އެވޯޑާއި އެކުގައެވެ. ޑެލްޓާ އެއާލައިންސް އިން 6 އެވޯޑް، ޓަރކިޝް އެއާލައިން އިން 4 އެވޯޑް ހާސިލްކޮށްފައިވެއެވެ.

މި ފަހަރުގެ އެވޯޑުގައި ދެ ވަނަ އަށް އެންމެ މަގްބޫލް އެއާލައިންގެ މަޤާމް ހޯދާފައި ވަނީ ސިންގަޕޯރ އެއާލައިންސް އިންނެވެ. އަދި ތިން ވަނަ އަށް އެންމެ މަގްބޫލް އެއާލައިނަކަށް ހޮވުނީ އެމިރޭޓްސްއެވެ. އެންމެ މަގްބޫލް އެއާލައިންތަކުގެ ލިސްޓުގައި އިތުރަށް އެކުލެވިގެން ވާގޮތަށް ބަލާއިރު ހަތަރު ވަނަ ލިބެނީ އަނާ އޯލް ނިޕޮން އެއާވޭސް އަށެވެ. އަދި ފަސް ވަނައިގައި ހިމެނެނީ ކުއަންޓަސް އެއާވޭސްއެވެ. މި އެވޯޑް ދީފައި ވަނީ 350 އެއާލައިން ހިމެނޭހެން އެކުލަވާލި މިނިވަން ސަރވޭ އެއްގެ އަލީގައެވެ.

- ކޮމެންޓް