ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 00:08
އެމަރޖެންސީކޮށް ޖެއްސި ފުލައިޓު
އެމަރޖެންސީކޮށް ޖެއްސި ފުލައިޓު
ދަ ޕްރެސް
އެމަރޖެންސީކޮށް ޖެއްސި ފްލައިޓް
އެމަރޖެންސީކޮށް ޖެއްސި ފުލައިޓުގައި ތިބި ހުރިހާ އެންމެންގެ ހާލު ރަނގަޅު: އެމްއޭސީއެލް
އެމަރޖެންސީކޮށް އެއަރޕޯޓަށް ޖައްސާފައިވަނީ 21:44 ހާއިރު
ފްލައިޓްގައި 300 ފަސިންޖަރުން ތިބި ކަމަށް މައުލޫމާތު ލިބޭ

ކުޑަ ދޮރެއް ހަލާކުވެ ގަތަރު އެއަރވޭސްގެ ފުލައިޓެއް އެމަރޖެންސީކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު އެ ފްލައިޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކްރޫއިންގެ ހާލު ރަނގަޅުކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްފެނީ ލިމިޓެޑުން ބުނެފިއެވެ.

އެމްއޭސީއެލުން ބުނީ ދޯހާއަށް ދަތުރުކުރަމުންދިޔަ ގަތަރު އެއަރވޭސްގެ ފްލައިޓް QR 677 އެމަރޖެންސީކޮށް އެއަރޕޯޓަށް ޖައްސާފައިވަނީ 21:44 ހާއިރު ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފްލައިޓް އެމަރޖެންސީކޮށް ޖައްސާފައިވަނީ ކުޑަ ދޮރެއް ހަލާކުވުމާއި ގުޅިގެންނެވެ. ފްލައިޓްގައި 300 ވަރަކަށް ފަސިންޖަރުން ތިބި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން ރެޑް ކްރެސެންޓުން ބުނެފައިވަނީ ފްލައިޓުގައި ތިބި ފަސިންޖަރުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމަށް އެމީހުންގެ ދަރުމަވެރިން އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގަތަރު އެއަރވޭސް އިން ރާއްޖެއަށް ވެސް ގިނަ ދަތުރުތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ އެއަރލައިނުން ރާއްޖެއަށް ދުވާލަކު ހަތަރު ދަތުރުކުރެއެވެ.

- ކޮމެންޓް