ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 11:35
ގަތަރު އެއާވޭސް އާއި ފީފާގެ އެއްބަސްވުން އައުކުރަނީ
ގަތަރު އެއާވޭސް އާއި ފީފާގެ އެއްބަސްވުން އައުކުރަނީ
ފީފާ
ފީފާ
ގަތަރު އެއާވޭސް އާއި ފީފާގެ މިލިއަން ޑޮލަރުގެ އެއްބަސްވުން އައުކޮށްފި
ފީފާގެ އެއާލައިން ޕާޓްނަރުކަން މިއަށްފަހު ދޭނީ ސައޫދީ އަރަބިއްޔާ އަށް

ގަތަރުގެ މައި އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ސްޕޮންސާޝިޕް އެއްބަސްވުން އައުކުރަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ވޯލްޑްކަޕް ބޭއްވި ގަތަރުގެ، ގައުމީ އެއާލައިނާއެކު ފީފާއިން ހަދާފައިވާ އެއާލައިން ޕާޓްނަރުގެ އެއްބަސްވުން ހަމަވާނީ މި އަހަރު އެވެ. އަދި މި އެއްބަސްވުން އައު ކުރަން ނިންމާފައިވަނީ 2030 ވަނަ އަހަރާ ހަމައަށެވެ. މިހެންވެ 2026 އަދި 2030 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެއާލައިން ޕާޓްނަރަކަށް ވެސް ވާނީ ގަތަރު އެއާވޭސް އެވެ.

ގަތަރު އެއާވޭސްއާއެކު ފީފާއިން އެންމެ ފުރަތަމަ އެއްބަސްވުން ހެދީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން ފީފާ މުބާރާތްތަކުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުތައް ތައްޔާރުކޮށްފައިވާނީ ގަތަރު އެއާވޭސްގެ ސްޕޮންސާ ހިމަނައިގެންނެވެ. އަދި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ހަރަކާތްތެރިވާ ކުދިން ތިބެނީ ގަތަރު އެއާވޭސް ހެދުމުގަ އެވެ.

އައު އެއްބަސްވުމުގެ މުއްދަތު ހާމަކުރި ނަމަވެސް މި އެގްރީމަންޓްގެ އަގު އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވެ އެވެ. ނަމަވެސް ދުނިޔޭގެ މައި މީޑިއާތަކުން އަންދާޒާ ކުރާ ގޮތުގައި އައު އެއްބަސްވުމުގެ އަގު 100 އެތައް މިލިއަން ޑޮލަރަށް އަރާނެ އެވެ.

މި އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު ފީފާއިން އެއާލައިން ޕާޓްނަރުކަން ގަތަރު އެއާވޭސްގެ ބަދަލުގައި ދިނުން ގާތީ ސައޫދީ އަރަބިއްޔާގެ ރިއާދް އެއާ އަށެވެ. ސަބަބަކީ މިއީ ސައޫދީގެ މައި އެއާލައިނަށްވެފައި އެ ގައުމަކީ 2034 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމު ކަމަށްވާތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް