ކ. މާލެ
|
26 މެއި 2024 | އާދީއްތަ 12:05
އދ. ގެ ސްޕެޝަލް ރެޕަޓުއަރ ފްރޭންސިސްކާ އަލްބަނީސް
އދ. ގެ ސްޕެޝަލް ރެޕަޓުއަރ ފްރޭންސިސްކާ އަލްބަނީސް
ސްކައި ނިއުސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިންޓަރނޭޝަލް ކޯޓް އޮފް ޖަސްޓިސްގެ ހުކުމަށް ބޯލަންބުވަން އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ: ޔޫއެން ސްޕެޝަލް ރެޕަޓުއަރ
 
އިޒްރޭލުން ހަމަ ބުއްދި ފިލައިގެން މިއުޅޭ އުޅުން އިޒްރޭލުން އަމިއްލަ އަށް ނުހުއްޓާނެ ކަމަށާއި، އެކަން ޖެހޭނީ ނުކުމެ ހުއްޓުވަން ކަމުގައިވަނީ ބުނެފަ

އދ.ގެ އެންމެ މަތީ ކޯޓު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ރަފާ ސިޓީއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލުގެ މައްޗަށް ކުރި އަމުރަށް ތަބާވުމަށް އިޒްރޭލަށް މަޖުބޫރު ކުރުވުމަށް، އައިސީޖޭގެ މެމްބަރު ގައުމު ތަކުން އިޒްރޭލަށް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ފްރޭންސިސްކާ އަލްބަނީސް ގޮވާލައްވައިފިއެވެ.

އައިސީޖޭ އިން ހަމަލާތައް ހުއްޓާލުމަށް އިޒްރޭލަށް އަމުރު ކުރި ފަހުން އިޒްރޭލުން ރަފާ ސިޓީއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަންވެސް ހޮނިހިރު ދުވަހު އަލްބަނީސް އެކްސްގައި ހާމަ ކުރެއްވި ބަޔާނުގައި ވެއެވެ.

އިޒްރޭލުން ހަމަ ބުއްދި ފިލައިގެން މިއުޅޭ އުޅުން އިޒްރޭލުން އަމިއްލަ އަށް ނުހުއްޓާނެ ކަމަށާއި، އެކަން ޖެހޭނީ ނުކުމެ ހުއްޓުވަން ކަމުގައިވެސް އަލްބަނީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އައިސީޖޭ އިން އިޒްރޭލުގެ މައްޗަށް ކުރި އަމުރުގައި ބުނެފައިވަނީ ރަފާ ސިޓީގައި ހިންގަމުންދާ ހުރިހާ ބާވަތެއްގެ އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލާ އެތަނުން އިޒްރޭލް ސިފައިން ފޭބުމަށެވެ.

އެއްގަމު މަގުން ރަފާ ސިޓީއަށް އިޒްރޭލް ސިފައިން އަރާފައިވަނީ މެއި މަހުގެ ކުރީ ކޮޅު އެކަން އެގޮތައް ނުކުރުމަށް ބައިނަލް އަގްވާމީ މުޖްތަމައުން ގޮވާލަމުން ދަނިކޮށް އެގޮވާލުން ތަކަށް ބީރު ކަންފަތެއް ދިނުމަށްފަހުގައެވެ.

އާއްމު ނަމުން ދުނިޔޭގެ ކޯޓުގެ ގޮތުގައި މުޚާތަބް ކުރެވޭ އައިސީޖޭ އިން ކުރި އަމުރުގައި ރަފާ އަށް އެހީގެ ތަކެތި ފޯރުކޮށްދޭ މަގުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްވެސް އިޒްރޭލަށް އަމުރު ކޮށްފައިވެއެވެ.

15 މެމްބަރުން ފަނޑިޔާރުންގެ ބެންޗުން އިޒްރޭލުގެ މައްޗަށް އަމުރު ނެރުމަށް 13 ފަނޑިޔާރުން ފެންނަ ކަމަށް ނިންމި އިރު އެ އަމުރާ ދެކޮޅު ހެދީ ދެ ފަނޑިޔާރެކެވެ. އެއީ ޔޫގެންޑާ އަށް ނިސްބަތްވާ ފަނޑިޔާރަކާ އިޒްރޭލަށް ނިސްބަތްވާ ފަނޑިޔާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ގާޒާ އަށް ޔަހޫދީ ސިފައިން ދޭ ހަމަލާތަކުގައި 15 ހާހަށް ވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
ހިޒްބުﷲ އިން އިޒްރޭލަށް ރޮކެޓް ފުންޏެއް އޮއްސާލައިފި
އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް ހަމާސް އިން ޖަވާބު ދީފި
ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ގަބޫލު ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފި
އާއްމުން އުޅޭ އެޕާޓްމަންޓަކަށް އިޒްރޭލް ސިފައިން ހަމަލާ ދީ ފަލަސްތީނުގެ 8 މީހަކު މަރާލައިފި
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް