ކ. މާލެ
|
26 މެއި 2024 | އާދީއްތަ 12:12
މެޗުގައި ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިންނާއެކު ޖިރޫޑް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މިލާންގެ ކުޅުންތެރިންނާއެކު ޖިރޫޑް އުފާ ފާޅު ކުރަނީ
ރޮއިޓާރސް
އިޓާލިއަން ލީގު
ފަހު މެޗުގައި މިލާން އެއްވަރު
މިލާން ދެ ވަނައިގައި ލީގު ނިންމާލީ 38 މެޗުން 75 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގެ އެންމެ ފަހު މެޗުގައި ސެލަނިޓާނާއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން އެއްވަރުވެއްޖެ އެވެ.

މިލާންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ. މެޗު ސެލަނިޓާނާ އިން އެއްވަރު ކުރީ މިލާނުން ލީޑު ވެސް ނަގާފައި ވަނިކޮށެވެ.

މެޗު ޚާއްސަވި ކުޅުންތެރިޔަކީ މިލާާނަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮލީވިއޭ ޖިރޫޑް އެވެ. މިއީ މިލާންގެ ޖާޒީގައި ޖިރޫޑް އެންމެ ފަހު މެޗެވެ. ދެން އޭނާ ފެންނާނީ އެމެރިކާގެ ލޮސް އެންޖަލަސް އެފްސީންނެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގަައި ރަފައެލް ލިއާއޯ ވަނީ ލަނޑު ޖަހައި މިލާނަށް ކުރި ހޯދައިދީފަަ އެވެ. އޭގެ ފަސް މިނެޓު ފަހުން މިލާންގެ ދެ ވަނަ ލަނޑު ޖެހީ ޖިރޫޑް އެވެ. ފުރަތަމަ ހާފުގައި މިލާންގެ ތިއޯ ހެނާންޑޭޒް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން، މެޗުގެ 64 ވަނަ މިނެޓުގައި ސެލަނިޓާނާގެ ފުރަތަމަ ލަނޑު ޖެހީ، ސިމީ އެވެ. މެޗުގަައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މިލާންގެ ތިން ވަނަ ލަނޑު 77 ވަނަ މިނެޓުގަައި ޖެހީ ޑޭވިޑް ކަލަބްރިއާ އެވެ. ސެލަނިޓާނާ އިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަަހައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ސެލަނިޓާނާގެ ދެ ވަނަ ލަނޑު ޖެހީ ޖޫނިއާ ސަމްބިއާ އެވެ. އަދި 89 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ޖެހީ ސިމީ އެވެ.

މޮޅާއެކު މިލާން ދެ ވަނައިގައި ލީގު ނިންމާލީ 38 މެޗުން 75 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި 22 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ހަތް މެޗުން ވަނީ ބަލިވެފަ އެވެ. ނުވަ މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް