ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 10:52
އިޒްރޭލް ސިފައިން ވަނީ ގާޒާގެ ހުރިހާ ޔުނިވަރސިޓީ އެއް ހަލާކު ކުރުމަށް މިސްރާބު ހިފާފައި
އިޒްރޭލް ސިފައިން ވަނީ ގާޒާގެ ހުރިހާ ޔުނިވަރސިޓީ އެއް ހަލާކު ކުރުމަށް މިސްރާބު ހިފާފައި
އެކްސް / ފަލަސްތީން ޕީއެމްއޯ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލް ސިފައިން ގާޒާގެ ލައިބްރަރީ ތަކުގައި ހުޅު ޖަހަނީ، މިސްކިތްތަކާއި، ޚަތިމްވެސް އަންދަނީ
 
ބޮޑުވަޒީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަންޒަރު އާއްމު ކޮށްފައިވަނީ އެކަން ކުރި އިޒްރޭލް ސިފައިންގެ މީހާ އަމިއްލަ އަށް ކަމަށް

ގާޒާގައި އިޒްރޭލް ސިފައިން ހިންގަމުންދާ ޖަރީމާތަކުގައި އެ ސިޓީގެ ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ހަމަލާދީ އެތަންތަން ނައްތާލަން ކުރާ މަސައްކަތުގެ އިތުރުން މިސްކިތްތައް ސުންނާފަތި ކޮށް، ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުން ގެންދަނީ ޔަހޫދީ ސިފައިން އާއްމު ކަމަކަށް ހަދަމުންނެވެ.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިޒްރޭލް ސިފައިންގެ މީހަކު އަލް އަގްސާ ޔުނިވަރސިޓީގެ ލައިބްރަރީގައި ހުޅުޖެހުމަށްފަހު އަލިފާން ގަނޑުގެ ކުރިމަތީގައި ފޮތެއް ހިފައިގެން އިށީދެ އިންނަ މަންޒަރު ވަނީ ހާމަ ކުރައްވާފައެވެ.

ބޮޑުވަޒީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި މަންޒަރު އާއްމު ކޮށްފައިވަނީ އެކަން ކުރި އިޒްރޭލް ސިފައިންގެ މީހާ އަމިއްލަ އަށް ކަމަށެވެ.

ފަލަސްތީންގެ ބޮޑުވަޒީރު ވިދާޅުވީ، އިޒްރޭލް ސިފައިން ގާޒާގެ ހުރިހާ ޔުނިވަރސިޓީ އެއް ހަލާކު ކުރުމަށް މިސްރާބު ހިފާފައިވާ ކަމަށާއި މިގޮތުން ބައެއް ޔުނިވަރސިޓީތައް މުޅިން ސުންނާފަތި ކޮށްލައިފި ކަމަށެވެ.

އަނެއްކޮޅުން މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލް ސިފައިންގެ މީހަކު ގާޒާގެ މިސްކިތެއްގެ ތެރޭގައި އަލިފާންގަނޑެއްގެ ތެރެއަށް ޚަތިމެއް އެއްލާ، އަންދާލާ މަންޒަރު އެކަން ކުރި ސިފައިންގެ މީހާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ވަނީ އާއްމު ކޮށްފައެވެ.

ހުސްވި މޭމަހުގެ ތެރޭގައި ސޯޝަލް މީޑިއާ ވީޑިއޯ އެއްގައި އިޒްރޭލް ސިފައިންގެ މީހަކު ގާޒާގެ މިސްކިތެއްގެ ތެރޭގައި ޚަތިމެއް ވީދާ މަންޒަރު އާއްމު ކޮށްފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން 220 މިސްކިތް ސުންނާފަތި ކޮށްލާފައިވާ އިރު 280 މިސްކިތައް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. އިޒްރޭލުން ސުންނާފަތި ކޮށްލި ބައެއް މިސްކިތަކީ ތާރީޚީ ގޮތުން ވެސް މުހިންމު ބިނާތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް