ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 22:02
ނުރައްކާތެރި މަސްތުވާތަކެއްޗެއް ކަމަށްވާ ޗައިނާ ވައިޓް
ނުރައްކާތެރި މަސްތުވާތަކެއްޗެއް ކަމަށްވާ ޗައިނާ ވައިޓް
ބޮސްޓަން ނިއުސް ލީޑަރ
ޗައިނާ ވައިޓް ދައުރުވުން
މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ 'ޗައިނާ ވައިޓް' ދައުރުވަނީ، ބައެއް މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރަންޖެހޭ
މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ
އެޑްމިޓް ކުރާ ބައެއް މީހުންގެ ހަށިގަނޑުން ޗައިނާ ވައިޓް ބޭނުންކުރުމުން ޖެހޭ އިންފެކްޝަންތަކެއް ފެނިފައިވޭ

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ބޭނުންކޮށްގެން ބައެއް މީހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެކްސްގައި ޑރ.މުހައްމަދު އަލީ ވިދާޅުވީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ ބައެއް މީހުންގެ ހަށިގަނޑުން ޗައިނާ ވައިޓް ބޭނުންކުރުމުން ޖެހޭ އިންފެކްޝަންތަކެއް ފެނިފައިވާ ކަމަށާއި، އެމީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވައި ޑރ.މުހައްމަދު އަލީ ވިދާޅުވީ، ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޒުވާން އާބާދީ ހަލާކުވެގެންދާނެ ކަމަށެވެ. "ބޭން ވޭޕް" ނަމުގައި ހޭޝްޓެގެއް ވެސް ބޭނުން ކުރައްވައި ޑރ.މުހައްމަދު އަލީ ވިދާޅުވީ، ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާ ކުރަންޖެހޭ ކަމަށެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ޗައިނާ ވައިޓް" ބޭނުންކޮށްގެން ބައެއް މީހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވެފައިވާއިރު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ''ފެންޓަނީލް-ލޭސްޑް ޑްރަގްސް'' އާއްމުކޮށްކިޔާ ނަމުންނަމަ ޗައިނާ ވައިޓް ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީއާއި މި ބާވަތުގެ މަސްތުވާތަކެއްޗަކީ އެ ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްވާފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އާއްމުން މިކަމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް