ގެނބެމުންދިޔަ ފަތުރުވެރިއަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު މަރުވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މި ޙާދިސާގައި މަރުވެފައިވަނީ އދ ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އެ މީހާ ސަލާމަތްކުރަން އެރުނު މީހެއް ކަމަށެވެ.
އޭނާ ގެނބިގެން ފަރުވާދެމުންދާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:05 ހާއިރުއެވެ.
ފުލުހުން ބުނީ އެމީހާ ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި ފަތުރުވެރިޔާގެ ޙާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
