ކ. މާލެ
|
20 މެއި 2024 | ހޯމަ 22:36
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ
ދި ކޮންވަޒޭޝަން
ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ
ކަރަޕްޝަންގެ މައްސަލައިގައި ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން ކުރީގެ ރައީސް ޒޫމާ އިންތިޚާބުން ޑިސްކޮލިފައި ކޮށްފި
ކޯޓުގެ ހުރުމަތް ކެނޑުމުގެ ހުކުމް ތަންފީޒް ކުރުމަށްފަހު 5 އަހަރު ފަހުން ނޫނީ އިންތިޚާބަކަށް ޒޫމާ އަށް ކުރިމައްޗެއް ނުލެއްވޭނެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކޮބް ޒޫމާ އަށް ކުރިއަށް އޮތް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ހަމަ ނުވާކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ޒޫމާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ އެތައް ތުހުމަތަކާ ހެދި 2018 ވަނަ އަހަރު ދެކުނު އެފްރިކާގެ ރައީސް ކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ މަޖުބުރީ ހާލަތެއްގައެވެ.

ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ޒޫމާގެ މައްޗަށް ހުކުމް އިއްވި އިރު މަޖިލިސް އިންތިޚާބުގެ ވޯޓު ލުން އަންނަ ހަފްތާގައި އެގައުމުގައި އޮންނާނެއެވެ.

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޒޫމާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް އެންޓި ކަރަޕްޝަން ކޮމިޝަނަށް ހާޒިރު ވުމަށް އޭނާ ދެކޮޅު ހައްދަވާފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވާ ކަމަށް ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން އޭނާގެ މައްޗަށް ކުރިން ވަނީ ހުކުމް ކޮށްފައެވެ.

މަޖިލީސް އިންތިޚާބުން ޑިސްކޮލިފައިވަނީ އެ ހުކުމުގެ ސަބަބުން ކަމަށް ޒޫމާގެ މައްޗަށް ހޯމަ ދުވަހު އިއްވި ހުކުމުގައި ވެއެވެ.

ހުކުމް އިއްވި ފަނޑިޔާރު ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑުމުގެ ހުކުމް ތަންފީޒް ކުރުމަށްފަހު 5 އަހަރު ފަހުން ނޫނީ އިންތިޚާބަކަށް ޒޫމާ އަށް ކުރިމައްޗެއް ނުލެއްވޭނެ ކަމަށެވެ.

- ކޮމެންޓް