ކ. މާލެ
|
20 މެއި 2024 | ހޯމަ 19:40
ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކުރުން
ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކުރުން
އުރީދޫ
ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް
ހައްޖު މޫސުމަށް ހާއްސަ ސައޫދީ ޕާސްޕޯޓް ޓްރެވަލް ސިމް އުރީދޫއިން ތައާރަފުކޮށްފި
މިއީ 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެއް
މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލް ލިބެން ހުންނާނެ
ސައޫދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ

ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ސައޫދީ ޕާސްޕޯޓުގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނިގޮތުގައި މިއީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އާއި ރައްޓެހިންނަށް މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުޞަދުގައި ތައާރަފުކުރި ސިމެކެވެ. ޙައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރާއިރު، ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތްތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ހޯދައިދިނުން ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން މި ސިމްގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލް ކުރެވެއެވެ. އަދި މިއީ ރޯމިންގގައި 60 އެސް.އެމް.އެސް ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ ކަމަށް އުރީދޫ އިން ބުނެއެވެ. އުރީދޫ އިން ބުނީ ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާއެކު ކޮންމެ ކަސްޓަމަރަކަށްވެސް ގުޅުމާއި، އެސް.އެމް.އެސް އަދި ޑޭޓާ ރަނގަޅު އަގެއްގައި ބޭނުންކުރެވޭނެ ކަމަށެވެ.

އުރީދޫގެ ރޯމިންގ ކަވަރޭޖާ އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެކަމަށާއި ސައޫދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

އެ ސިމް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައޫދީ އަރަބިއްޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ، މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދާ ކަމަށް ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އުރީދޫ ސައޫދީ ޕާސްޕޯޓަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދީ، ކަނެކްޓިވިޓީގެ މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތި ހައްޖުގެ އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕާސްޕޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާފަދަ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވެސް އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް