ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 16:31
އިބްރާހިމް ދީދީ
އިބްރާހިމް ދީދީ
މުހައްމަދު ޝަރުހާން
އިބުރާހިމްދީދީ
ޖެނަރަލް ދީދީގެ ޝަރީޢަތް : ލިޔެކިޔުންތައް ހަވާލު ނުކުރެވޭތީ ޖަވާބުދާރީ ވުން މާދަމާ
އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ
ކުރިން ދައުވާކުރި، ދައުވާ އަނބުރާ ގެންގޮސް ނުކުރާނެ ކަމަށް ބުނި
އިބްތިދާއީ އަޑުއެހުން ފަށާފައިވަނީ ޖުލައި 20 ވަނަ ދުވަހު

 

 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް މިއަދު ތާވަލް ކުރި އަޑުއެހުން މާދަމާ އަށް ފަސްކޮށްފިއެވެ.

ޖެނެރަލް ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާ އަށް ޖަވާބްދާރީވުން މާދަމާ އަށް ފަސްކުރީ މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ދީދީ އަށް ލިބިފައި ނުވާތީއެވެ.

ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލައާއި ގުޅޭ ގޮތުން ދައުވާ ލިބޭ ފަރާތަށް ހަވާލު ކުރުމަށްޓަކައި 16 ޑޮކިޔުމެންޓެއް ކޯޓާ ހަވާލު ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ދީދީގެ ވަކީލް ވިދާޅުވީ އެ ލިޔުންތައް ލިބިފައި ނުވާ ކަމަށާއި ހަމައެކަނި ލިބިފައިވާ ލިޔުމަކީ ދީދީ ފުލުހުންގެ އިދާރާ އަށް ދިން ބަޔާނާއި ހިޔުމަންރައިޓސް ކޮމިޝަން އަށް ދިން ބަޔާނުގެ އިތުރުން މައްސަލައާ ގުޅޭ ފޯމް ކަމަށެވެ. އޭގެ އިތުރަށް އެއް ވެސް ލިޔުމެއް ލިބިފައި ނުވާ ކަމަށް ދީދީފެ ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތުން ވިދާޅުވީ ލިޔެކިޔުންތައް މިއަދު ދީދީ އާއި ހަވާލު ކުރާނެ ކަމަށާއި އަދި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު މެންދުރު 13.30  ގައި ބާއްވާެނެ ކަމަށް ޝަރީޢަތުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށާފައިވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް އިބްރާހިމް މުހައްމަދު ދީދީއަށް 10 ދުވަހުގެ ފުރުސަތެއް ދިނެވެ [.

 އިބްރާހިމް ދީދީ ވިދާޅުވީ މި މައްސަލައަކީ 2012 ވަނަ އަހަރު ދައުވާކުރެވި  އަދި 2015 ގައި ޓެރަރިޒަމުގެ ދައުވާކޮށް މައްސަލަ އަނބުރާ ގެންގޮސްފައިވާ މައްސަލައަކަށްވާއިރު، މި ދައުވާ އުފުލުމުގައި އިޖުރާއީ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އަލުން ދައުވާ ނުކުރާނެ ކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލް ލިޔުމެއް ދިނުމަށްފަހު އަލުން ދައުވާ ކޮށްފައިވާއިރު މިފަދަ މައްސަލައެއް ކުރިއަށް ގެންދެވޭނީ ގާނޫނީ ވަކީލަކާއެކު ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ. ދައުވާ ނުކުރާނެ ކަމަށް ބުނެ 2015 ވަނަ އަހަރު ލިޔުމެއް ދިނުމަށް ފަހު، މިއަހަރުގެ  މެއި މަހުގެ 25 ވަނަ ދުވަހު އަލުން ދައުވާކޮށްފައި ވާތީ  އިޖުރާއީ މައްސަލައެއްގެ ގޮތުގައި އިބްރާހިމް ދީދީ ވަނީ

އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

- ކޮމެންޓް
8 އޯގަސްޓް 2017 | އަންގާރަ 19:39
ހ މ ޒ އިންޝާއަﷲ
ފުރަތަމަ ތިމާއަށް 13 އަހަރުގެ ޖަލުޙުކުމެއް އަންނަން ޖެހުނީ ގާނޫނީ އިމުގެ ބޭރުން ގާޒީން ވަގަށްނެގުމާއި ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން. އަދި ހަމައެހެންމެ މަނިކުފާނުގެ ވެރިކަމުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި މަލާމާތުގެ ބަސްތައްރައްދުކުރުމުގެ ސަބަބުން. ވީމާ މަނިކުފާނަށް ދެން މިރާއްޖޭގައި އުފެދޭ އެއްވެސް ސަރުކާރަކުން ﷲއިރާދަކުރެއްވިއްޔާ ފުރުސަތެއް ނުލިބޭނެ!؟