ކ. މާލެ
|
15 މެއި 2024 | ބުދަ 16:57
ސިމްޑީ މޮނިން ކަޕް
ސިމްޑީ މޮނިން ކަޕް
ސިމްޑީ "މޮނިން ކަޕް"
ސިމްޑީ "މޮނިން ކަޕް" އަންނަ ޖޫން މަހު ބާއްވަނީ
މި މުބާރާތުގައި ބައިވެރިވެވޭނީ 27 އަހަރުން ދަށުގެ މީހުންނަށް
ފްރާންސްގައި ބާއްވާ އިންޓަނޭޝަނަލް ފައިނަލްގައި ރާއްޖެ ތަމްސީލްކުރާނީ، މި މުބާރާތް ކާމިޔާބު ކުރާ މިކްސޮލޮޖިސްޓް
ސިމްޑީން މޮނިންގެ 50 އަށް ވުރެ ގިނަ ފްލޭވާތަކާއި 20 އަށް ވުރެ ގިނަ ޕިއުރޭ ވިއްކާ

ސިމްޑީ "މޮނިން ކަޕް" އަންނަ ޖޫން މަހު ބާއްވަން ނިންމައިފިއެވެ.

ސިމްޑީ ގްރޫޕް ގްރޫޕުން ބުނީ 'ދަ މޮނިން ކަޕް 2024' ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ދަ މޮނިން ކަޕް 2024 އަކީ ސިމްޑީ ގްރޫޕުން ރާއްޖެ އަށް އެތެރެކޮށް ވިއްކާ ގޯމޭ ފްލޭވާ ބްރޭންޑް، 'މޮނިން' އަށް ހާއްސަކޮށްގެން ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ. ސިމްޑީން ވަނީ މި މުބާރާތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މޮނިން އިންޓަނޭޝަނަލްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަކީ މިކްސޮލޮޖިސްޓުންނަށް އެ ބްރޭންޑު ބޭނުންކޮށްގެން އެ މީހުންގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މިއީ ދިވެހި މިކްސޮލޮޖިސްޓުންނަށް، ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކުރުމަށް ލިބޭ ފުރުސަތެއް ވެސް މެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 27 އަހަރުން ދަށުގެ މީހުންނަށެވެ.

މޮނިން އިންޓަނޭޝަނަލްއިން ކަނޑައަޅާ ޤަވާއިދުތަކާއި އެއްގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނަމަ ރަޖިސްޓްރީވާއިރު ރެސިޕީ ހުށަހަޅަން ޖެހޭނެއެވެ. ބައިވެރިން ހުށަހަޅާ ރެސިޕީތަކުގެ ތެރެއިން އެންމެ މޮޅު 15 ރެސިޕީ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެ 15 ބައިވެރިންގެ ތެރެއިން ރާއްޖެ ތަމްސީލުކުރާނެ މިކްސޮލޮޖިސްޓަކު ހޮވުމަށް ޚާއްސަ މުބާރާތެއް ބާއްވާނެއެވެ. އެ މުބާރާތް ކުރިއަށްދާނީ ތާޖް އެގްޒޮޓިކާ ރިސޯޓް އެންޑް ސްޕާގައެވެ.

ތަފާތު ހަތަރު ބުއިން ތައްޔާރުކުރުމަށް ކޮންމެ ބައިވެރިއަކަށް ވެސް ލިބޭނީ 10 މިނެޓެވެ. ފްރާންސްގައި ބާއްވާ އިންޓަނޭޝަނަލް ފައިނަލްގައި ރާއްޖެ ތަމްސީލްކުރާނީ، މި މުބާރާތް ކާމިޔާބު ކުރާ މިކްސޮލޮޖިސްޓެވެ. މީގެ އިތުރުން މި މުބާރާތުގެ އެއް ވަނަ ރަނަރަޕް އާއި ދެ ވަނަ ރަނަރަޕްއަށް މެލޭޝިއާގައި ހުންނަ މޮނިން ފެކްޓްރީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސިމްޑީގެ ވެބްސައިޓުން މި މުބާރާތުގެ އިތުރު މައުލޫމާތު ލިބޭނެއެވެ.

2010 އިން ފެށިގެން މޮނިން ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ހަމައެކަނި ކުންފުންޏަކީ ސިމްޑީއެވެ. މިހާރު ސިމްޑީން މޮނިންގެ 50 އަށް ވުރެ ގިނަ ފްލޭވާތަކާއި 20 އަށް ވުރެ ގިނަ ޕިއުރޭ ވިއްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް