ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 11:25
އަމީން ފައިސަލް
އަމީން ފައިސަލް
ގޫގުލް
އަމީން ފައިސްލް
އަމީން ފައިސަލްގެ ޝަރީޢަތް ސިއްރުކޮށްފި
ދައުވާ ކުރަނީ ރައީސް ޔާމީން އާރަށުގައި އެކަހެރި ކުރި މައްސަލައިގަ
ދިފާއީ ހެކިންގެ ގޮތުގައި ޒުބައިރާއި މޫސާ އަލީ ޖަލީލް
ދައުލަތުން ހުށަހެޅީ ތިން ހެކިން

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސްމިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ހެކި ބަސް ނެގުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އަމީން ފައިސްލެގެ ޝަރީޢަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސިއްރުން ކަމަށެވެ. ނަމަވެސް ސަބަަބެއް ކޯޓުގެ އޮފިޝަލް ވިދާޅެއް ނުވެއެވެ.

ދިފާއީ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހު ހެނދުނު 11:00އަށެވެ.

ދިފާއީ ހެކި ބަސް ނެގުމަށް ބުރާސްފަތި ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، އެހެން ދުވަހެއްގެ އަޑުއެހުމެއްގައި ހެކި ބަސް ދިނުމަށް ހެއްކަކު އެދުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އޭރުއެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވިލެފްޓިނަންޓް ކާނަލްޒުބައިރު އަހުމަދު މަނިކެވެ.

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތުތަކެއް އޭނާއަށްއެނގިވަޑައިގަންނަވާނެތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ބައެއް ކަންކަން ސާފުކޮށްދިނުމަށް ރައީސް ޔާމީން ހާޒިރުކޮށްދިނުމަށް ވެސް އަމީން ފައިސަލްގެ ފަރާތުން އެދިފައި ވެއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަގާ މިހާރު ވަނީ ނިމިފަ އެވެ. ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ދެ ހެކިން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރުހެކިންގެ ތެރެއިން އެކަކު ހެކި ބަސް ދިނުމަށް އިއުތިރާޒް ކުރިއިރު، ފާޅުގައި ހެކި ބަސް ދީފައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.

އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ އުފުލާފައެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ދެ ދުވަހެއްގެ މަތިން އަޑުއެހުން ތާވަލުކުރި އެވެ.ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝިދާޗިޓް ހަވާލުނުކުރެވިގެން އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

- ކޮމެންޓް