ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ އިބްރާހީމް ރަޝީދު / ހއ. ބާރަށް، ބްލޫނައިޓް(36އ) އެވެ.
ފުލުހުން ބުނީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.
ފުލުހުން ވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 20 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.