ކ. މާލެ
|
24 ޑިސެންބަރ 2024 | އަންގާރަ 10:01
ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ފޮޓޯ އެއް
ކުރިން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ފޮޓޯ އެއް
ކަސްޓަމްސް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
މި މައްސަލަ އަކީ ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވޭ
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ލެންޑަސަންގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ވަނީ ފުނިފަ

ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ގެނައި މަސްތުވާތަކެއްޗާއި ހަވާލުވާން ދިޔަކަމުގެ ތުހުމަތު އުފުލާފައިވާ ފަރުޝާން އާއި ބައްދަލު ނުވާ ކަމަށް އޭނާގެ ވަކީލުން ބުނެފިއެވެ.

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބްރެޒިލް އަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ލެންޑަސަން ޑިޕައުލޯ ގާސިއާއެވެ. އަދި މަަސްތުވާތަކެއްޗާ ހަވާލުވާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ހުސައިން ފަރުޝާނެވެ.

މައްސަލައިގެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ޤަރީނާ ހުށަހެޅިފައިވާކަމަށް ބެލެވޭ ކަމަށް ފާހަގަކޮށްފައިވެއެވެ. ސީނަށް ދިޔަ ފުލުހުންގެ ބަޔާނާ އިތުރު ހެކި ޤަރީނާ ހުށަހެޅިފައިވާ ކަމަށާއި، އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އޭއެމްޕީ އަށް ޕޮޒިޓިވްވެފައިވާކަމަށް އައ.ިއޯ ބުނެފައިވެއެވެ.

ފިރުޝާން ބަންދުގައި ބަހައްޓަން އެދިފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއ،ި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއ،ި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.

އޭނާގެ ވަކީލުގެ ފަރާތުން މުވައްކިލާއި ބައްދަލުވެފައިނުވާ ކަަމަށް ފާހަގަކޮށްފައިވެއެވެ. އަދިއެފުރުޞަތު ދިނުން އެދޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން އެފުރުޞަތު ދިނުމަށް އައ.ިއޯގެ ފަރާތުން އިޢުތިރާޒްކޮށްފައިނުވާތީ 5 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް މައްސަލައިގެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ބްރެޒިލްގެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުށަހެޅިފައިވާކަމަށް މި މައްސަލައިގެ ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްސަލަ ޙަވާލުކުރާ ފޯމު އަދި ސީޓީ ސްކޭން ރިޕޯޓާއ،ި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއ،ި މަސްތުވާތަކެތީގެ މަންޒަރު ފެންނަ ފޮޓޯ ރިޕޯޓާއި އިތުރު ހެކި ޤަރީނާ މި މައްސަލައިގައި ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑު ކުށެއްގެ ތުހުމަތުކަން ފާހަގަކޮށްލެވެއެވެ.

ލެންޑަސަން ބަންދުގައި ބަހައްޓާދިނުމަށް އެދުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއ،ި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއ،ި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ލެންޑަސަންގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ވަނީ ފުނިފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި އިރު ފުލުހުން ވަނީ އޭނާ ތަހުގީގަށް އެއްބާރުލުން ދޭ ކަމަށް ފާހަގަކޮށްފައެވެ.

އޭނާ އެދިފައި ވަނީ ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލަކު އައްޔަންކޮށްދިނުމަށެވެ. ދައުލަތުގެ ފަރާތުން އައްޔަންކޮށްދޭ ޤާނޫނީ ވަކީލެއް ބޭނުންވާކަމަށް ބުނެފައިވާތ،ީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 5 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލަ އަކީ ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

- ކޮމެންޓް