ކ. މާލެ
|
10 މެއި 2024 | ހުކުރު 11:28
ރަފާ ހިސޯރު ކުރުމުގެ ހަނގުރާމަ އިޒްރޭލުން ހިންގަމުންދާއިރު، އެ ސިޓީއަށް އެހީގެ ތަކެތީ ފޯރުކޮށްދޭ ހަމައެކަނި މަގުވެސް އިޒްރޭލުންވަނީ ބަންދުކޮށްފަ
ރަފާ ހިސޯރު ކުރުމުގެ ހަނގުރާމަ އިޒްރޭލުން ހިންގަމުންދާއިރު، އެ ސިޓީއަށް އެހީގެ ތަކެތީ ފޯރުކޮށްދޭ ހަމައެކަނި މަގުވެސް އިޒްރޭލުންވަނީ ބަންދުކޮށްފަ
ޑެއިލީސްޓަރ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ހަމާސްގެ ރޮކެޓް ހަމަލާއެއް އިޒްރޭލްގެ ފައުޖުތަކަށް ދީ އިޒްރޭލުގެ 3 ސިފައިން ޒަޚަމްކޮށްލައިފި
 
އދ. އިން އަންދާޒާ ކުރާ ގޮތުގައި ހަނގުރާމައިން ސަލާމަތްވާން މިހާތަނަށް 80،000ށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން އެ ސިޓީ ދޫކޮށް ހިނގައްޖެ

ރަފާ ސިޓީއަށް އަރަމުން އަންނަ އިޒްރޭލުގެ ފައުޖުތަކަށް ހަމާސް އިން ރޮކެޓް ހަމަލާއެއް ދީ އިޒްރޭލުގެ 3 ސިފައިން ޒަޚަމް ކޮށްލައިފިއެވެ.

އދ. އިން އަންދާޒާ ކުރާ ގޮތުގައި ހަނގުރާމައިން ސަލާމަތްވާން މިހާތަނަށް ރަފާ ގައި ދިރިއުޅޭ 1.5 މިލިއަން މީހުންގެ ތެރެއިން 80،000ށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން އެ ސިޓީ ދޫކޮށް ހިނގައްޖެއެވެ.

ރަފާ ހިސޯރު ކުރުމުގެ ހަނގުރާމަ އިޒްރޭލުން ހިންގަމުންދާއިރު، އެ ސިޓީއަށް އެހީގެ ތަކެތީ ފޯރުކޮށްދޭ ހަމައެކަނި މަގުވެސް އިޒްރޭލުންވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ އެންމެ އަސާސީ ސާމާނުވެސް ރަފާ ސިޓީއަށް ގެނެވޭނެ ގޮތެއް ނެތް ކަމަށް ޔޫއެން އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހުމެނިޓޭރިއަން އެފެއަރޒް އިން ވަނީ ބުނެފައެވެ.

ހަނގުރާމައިގައި މަރުވާ މީހުންނާ ޒަޚަމްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ އިރުވެސް އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވަމުން ގެންދަވަނީ އިޒްރޭލުގެ މަގްސަދު ހާސިލް ނުވަނީސް ހަނގުރާމަ ހުއްޓާ ނުލައްވާނެ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،904 މީހުން މަރުވެފައިވެއެވެ. 78،514 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް