ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 23:17
މިރޭ ހިފާފައިވަނީ ޕާޝަލް އެކްލިޕްސްއެއް
މިރޭ ހިފާފައިވަނީ ޕާޝަލް އެކްލިޕްސްއެއް
ގޫގުލް
ހަނދު ކޭތަ
ހަނދުކޭތަ ހިފައިފި، އެންމެ ބޮޑަށް ހިފާނީ 23:20 ގައި
މިއީ މި އަހަރު ރާއްޖެއަށް ފެންނަ ފުރަތަމަ ކޭތަ

މި އަހަރު ރާއްޖެއަށް ފެންނަ ފުރަތަމަ ހަނދުކޭތަ ހިފައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ހިފި މި ކޭތަ ރާއްޖެއަށް ފެންނަށް ފަށާފައި ވަނީ ހޯމަ ދުވަހުގެރޭ 10:22 ގައެވެ.

މިކޭތަ އެންމެ ފުރިހަމައަށް ހިފާފައި ހުންނަތަން މެދުރާއްޖެއަށް ފެންނާނީ، ހޯމަ ދުވަހުގެ ރޭ 11:20 ގައެވެ. އެވަގުތު ހަނދުގެ ހަތަރު ބައިކުޅަ އެއްބަޔަށް ކޭތަ ހިފާފައި ހުންނާނެއެވެ.

މި ކޭތަ ވީއްލާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 12:18 ގައެވެ.

މި ކޭތަ އާއި ގުޅިގެން މިރޭ ރާއްޖޭގައި ވަނީ ކޭތަ ނަމާދު ކޮށްފައެވެ.

މިރޭގެ ކޭތަ ނަމާދުގެ އިތުރުން 2018 ވަނަ އަހަރުވެސް ދެ ހަނދުކޭތައެއް ހިފާނެއެވެ. މިދެކޭތަ ވެސް ރާއްޖޭގެ ސަރަހައްދަށް ފެންނަ އިރު އެދެ ކޭތަ ވެގެންދާނީ ފުރިހަމަ ކޭތަތަކަކަށެވެ. 2019 ވަނަ އަހަރު ވެސް ހަނދު ކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

- ކޮމެންޓް