ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:19
މެޗުގައި ލަނޑު ޖެހުމަށްފަހު އުދިނޭޒީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އުދިނޭޒީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
އިޓާލިއަން ލީގު
ފަހު ވަގުތު އުދިނޭޒީން، ނަޕޯލީ ހިފަހައްޓައިފި
 
ނަތީޖާ އާއެކު ނަޕޯލީ އޮތީ އަށް ވަނައިގައި

އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު ނަޕޯލީ އެއްވަރުވެއްޖެ އެވެ.

އުދިނޭޒީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ނަޕޯލީންނެވެ. އުދިނޭޒީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ ވިކްޓާ އޮސީމެން އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މަތެއޯ ޕޮލިޓާނޯ އެވެ. އޭގެ ފަހުން 80 ވަނަ މިނެޓުގައި އޮސީމެން ދެ ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އުދިނޭޒީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިސާކް ސަކްސަސް އެވެ.

ނަތީޖާ އާއެކު ނަޕޯލީ އޮތީ އަށް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 35 މެޗުން 51 ޕޮއިންޓު ހޯދައިގެންނެވެ. އުދިނޭޒީ އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް