ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 22:07
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު: ރައީސް ޔާމީން މަޤާމުން އަޒުލު ކުރުމަށް މަޖިލީހަށް ހުށަހެޅުމަން ގޮވާލެއްވި
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު: ރައީސް ޔާމީން މަޤާމުން އަޒުލު ކުރުމަށް މަޖިލީހަށް ހުށަހެޅުމަން ގޮވާލެއްވި
ގޫގުލް
ކުނޫޒް ޖަލްސާ
ރައީސް އަޒުލު ކުރުމަށް މަޖިލީހަށް ހުށަހަޅަން ގޮވާލަން: އަލީ ޒާހިރު
ޤާނޫނުއަސާސީ އާއި އެއްގޮތަށް ވެރިކަން ނުކުރެއްވޭ ނަމަ، އިސްތިޢުފާ ދެއްވުމުގެ ބާރުވެސް ޤާނޫނުއަސާސީން ލިބިދޭ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޤާމުން އަޒުލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޒް އަލީ ޒާހިރު، މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގައި މިވަގުތު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް 9 އަހަރު ފުރުން ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހުގެރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޚިލާފަށް އަމަލުކޮށް، ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރައްވާނަމަ، ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލުކުރުމުގެ ބާރު ވެސް ޤާނޫނުއަސާސީން ލިބިދޭ ކަމަށާ، މިއަދު އެ ހާލަތު ކުރިމަތިވެފައިވާ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ މިހާރު އޮތް ޤާނޫނުއަސާސީގެ އިމުގެ ތެރެއިން ވެރިކަން ކުރުމަށް ކަމަށާ، ނަމަވެސް އެ ޤާނޫނުއަސާސީއަށް އެތައް ބަދަލެއް ގެނެސް، އޭގައިވާ އެތައް ޙައްޤެއް އުނިކުރުމަށްފަހު ވެސް، އެ ޤާނޫނުއަސާސީގެ އިމުގެ ތެރެއިން ރައީސް ޔާމީނަށް ވެރިކަން ނުކުރެއްވުނު ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަނިކުފާނު އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށާ، އެގޮތަށް ކަން ނުކުރައްވާ ނަމަ، އެމަނިކުފާނު މަޤާމުން އަޒުލުކުރުމުގެ ޒިންމާ މިއަދު ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ މައްޗަށްވެސް އޮތް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު އިތުރަށް ވިދާޅުވީ، މިއަދު ފެނިގެންދާ މަންޒަރަކީ، ޤާނޫނުއަސާސީ މާނަކުރުމުގެ އެންމެ މަތީ ބާރު ލިބިދީފައިވާ ޖުޑީޝަރީއިން ޤާނޫނުއަސާސީއަށް ޚިޔާނާތްތެރިވެފައިވާ މަންޒަރު ކަމަށެވެ. އޭނާ ވިދާޅުވީ، ނުފޫޒުނެތި، ޖުޑީޝަރީން، ޤާނޫނުގެ ތެރެއިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިވަން މުއައްސަސާތަކުން ޤާނޫނުއަސާސީގެ ހުދޫދުން ބޭރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އަލީ ޒާހިރު ވިދާޅުވީ، ކޮންމެ ކަމެއްވެސް ކުރަންވާނީ ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކަމަށެވެ.

އަލީ ޒާހިރު ވަނީ މިވަގުތު ޖަލުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއިމެދު ކަންކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް