ކ. މާލެ
|
6 މެއި 2024 | ހޯމަ 11:06
އިޓާލިއަން ލީގުގައި ރޯމާ އާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ރޯމާ އާއި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
އިޓާލިއަން ލީގު
ރޯމާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު
ޔުވެންޓަސް އޮތީ ތިން ވަނައިގައި، ރޯމާ އޮތީ ފަސް ވަނައިގައި

އިޓާލިއަން ލީގުގައި ރޯމާ އާއި ޔުވެންޓަސް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ލީގުގައި ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ރޯމާ އިންނެވެ. ނަމަވެސް ޔުވެންޓަސް އިން ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ރޯމާ އަށް ލީޑު ނަގައިދިނީ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އެވެ. މިއީ ލޯނު އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް ކުޅެމުން އަންނަ ލުކާކޫ އެ ޓީމަށް ޖަހައިދިން 19 ވަނަ ލަނޑެވެ. އޭގެ ތެރެއިން 11 ލަނޑަކީ އިޓާލިއަން ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. މެޗުގެ ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ބްރެމާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފެޑެރިކޯ ޗިއެސާ އެވެ.

ނަތީޖާ އާއެކު ރޯމާ އޮތީ ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 35 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. ޔުވެންޓަސް އޮތީ ތިން ވަނައިގަ އެވެ. އެއީ 35 މެޗުން 66 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް