ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 17:55
ޔާމީން ރަޝިދަށް އިންސާފް ހޯދާދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގައި ރިލްވާންގެ މަންމަ
ޔާމީން ރަޝިދަށް އިންސާފް ހޯދާދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއްގައި ރިލްވާންގެ މަންމަ
އަޝްވާ ފަހީމް
ރިލްވާން
ރިލްވާން ވަގަށް ނެގި މައްސަލާގައި މައުލޫމާތު ހިއްސާ ނުކުރާތީ ހިނގާލުމެއް ބާއްވަނީ
މި މައްސަލައިގެ ތަހުގީގު ނުނިމޭ
ރިލްވާން ވަގަށް ނެގި މައްސަލައިގައި އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެވޭނެ

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީއާއި ތަޙްގީގް އަވަސްކޮށްދިނުމަށް ގޮވާލައި ހިނގާލުމެއް މާލޭގައި ބާއްވަން ނިންމާފިއެވެ.

 

"ޖަވާބް ހޯދާ – ޖަވާބުދާރީ ކުރުވާ ސުވާލު މާރޗް" ގެ ނަމުގައި ބާއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ހަވީރު 16:00 ގައި ހުޅުމާލޭ ފެރީ ޓާރމިނަލް ކުރިމަތިންނެވެ. 

 

މިނިވަން ނޫހުގެ ނޫސްވެރިޔާއަށް އިންޒާރުތަކަކަށް ފަހު ވަގަށް ނަގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ހިންގި ތަހުގީގުގައި ރިލްވާން ވަގަށް ނެގި ރޭ އޭނާގެ އެޕާޓްމެންޓް ސަރަހައްދުން ފެނުނު ރަތްކާރާއި އެތަނުން ފެނުނު ވަޅިއަކީ އެ މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށް ހާމަކޮށްފައިވީ ނަމަވެސް އޭގެ އެއް އަހަރު ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެއީ އެ މައްސަލައާ ގުޅޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.  އެ ކާރުން ފެނުނު އިސްތައްޓަކުން ނެގި ޑީއެންއޭ އާއި ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުުހުން ބުނެފައި ވެއެވެ.

 

ހުޅުމާލޭ ފެރީ ޓާރމިނަލް ކުރިމަތިން އަންގާރަ ދުވަހު ހަވީރު ފެށޭ މި ހިނގާލުމުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ރިލްވާންގެ އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން ވަނީ ގޮވާލާފައެވެ. މި ހިނގާލުން ކުރިއަށް ގެންދާނެ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް