ކ. މާލެ
|
5 މެއި 2024 | އާދީއްތަ 10:11
އާންމު ރައްޔިތުންތަކެއް ޣައްޒާގެ މަގެއްގެ މަތީގައި ހަރަކާތްތެރިވަނީ
އާންމު ރައްޔިތުންތަކެއް ޣައްޒާގެ މަގެއްގެ މަތީގައި ހަރަކާތްތެރިވަނީ
ޔޫރޯނިއުސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ހަމާސް އާއި އިޒްރޭލުގެ ވާހަކަތަކުން ސުލްހަ ގާއިމް ކުރެވިދާނެ ކަމުގެ ނިޝާނެއް ނުފެނޭ
ހަމާސް އިން ބުނަނީ، އިޒްރޭލު ސިފައިން އެއްގަމު މަގުން ރަފާއަށް ނާރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދޭން ޖެހޭނެ ކަމުގައި

ހަމާސް އާއި އިޒްރޭލާ ދެމެދު މިސްރުގެ ވެރިރަށް ގާހިރާގައި ކުރިއަށްދާ ވާހަކަތަކުން ގާޒާގައި ސުލްހަ ގާއިމް ކުރެވިދާނެ ކަމުގެ ނިޝާނެއް އަދި ފެންނަން ނެތް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހަމާސް އިންވެސް އިޒްރޭލުންވެސް ދެފަރާތުގެ މައިގަނޑު ހުށަހެޅުންތަކަށް އެއްވެސް މިންވަރަކަށް ދުލެއްދޭން ބޭނުން ނުވާކަމަށް މިވާހަކަތަކުގައި ވަމުންދާގޮތް ދިރާސާ ކުރާ ނޫސްވެރިންވަނީ ހާމަކޮށްފައެވެ.

ހަމާސް އިން ބުނަނީ، އިޒްރޭލު ސިފައިން އެއްގަމު މަގުން ރަފާއަށް ނާރާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދޭން ޖެހޭނެ ކަމުގައެވެ. އަނެއްކޮޅުން އިޒްރޭލުން ބުނަމުން އަންނަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވިޔަސް ނުވިޔަސް ރަފާ ހިފުމުގެ އޮޕަރޭޝަން ކުރިއަށްދާނެ ކަމުގައެވެ.

އަނެއްކޮޅުން އުތުރު ގާޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނަށް ހައިހޫނުކަން ކުރިމަތިވެފައިވާ ކަމުގެ އިންޒާރު އދ.ން އަންނަނީ ދެމުންނެވެ. މައިގަނޑު މައްސަލައެއްގެ ގޮތުގައި އދ. ން ފާހަގަ ކުރަނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅަމުން ދިޔުމެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،654 މީހުން މަރުވެފައިވެއެވެ. 77،908 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް