ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 22:22
ގުޅިފަޅު
ގުޅިފަޅު
ސޯޝަލް މީޑިއާ
ގޯތި ބަދަލުކުރުން
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
 
1650 އަކަފޫޓުގެ 663 ގޯތިން 683 ގޯއްޗަށް ވަނީ ބަދަލުކޮށްފައި
 
1250 އަކަފޫޓްގެ ގޯތީގެ އަދަދު ވަނީ 193ން 196ށް އިތުރުކޮށްފައި

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުސަތަކަށް ހުޅުވާލަން ނިންމައިފިއެވރ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ގުޅިފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއްކަމަށްވާތީއާއި، ގުޅިފަޅަށް ބަދަލުވުމަށް ހުށަހަޅާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިބަދަލާއި ގުޅިގެން 1250 އަކަފޫޓްގެ ގޯތީގެ އަދަދު ވަނީ 193ން 196ށް އިތުރުކޮށްފައެވެ. އަދި 1650 އަކަފޫޓުގެ 663 ގޯތިން 683 ގޯއްޗަށް ވަނީ ބަދަލުކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރިން ވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅިފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް 5 މެއި 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން 13 މެއި 2024 ވާ ހޯމަ ދުވަހުގެރޭ 11:00 ގެ ކުރިން ހުށަހެޅުމަށް ހުޅުވާލެވޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި