ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 11:40
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި މުޙައްމަދު ޞަލާޙު
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި މުޙައްމަދު ޞަލާޙު
ރޮއިޓާސް
ލިވަޕޫލް
ކްލޮޕް ބުނަނީ، ޞަލާޙުގެ ކުރިމަގާ ގުޅޭ ވާހަކައަކީ އޭނާއާ ބެހޭކަމެއް ނޫންކަމަށް!
 
ކްލޮޕް މިހެން ބުނީ، އޭނާއާ ޞަލާޙުއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ވަގުތެއްގައި

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް، މުޙައްމަދު ޞަލާޙުގެ ކުރިމަގާ ގުޅޭ ވާހަކަ އަކީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ، އޭނާއާއި ޞަލާޙުއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ވަގުތެއްގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ޞަލާޙުއާ ކްލޮޕާ ދެމެދު މައްސަލަ ޖެހިފައިވާކަން ހާމަވި އެވެ. އެ މެޗުގައި ޞަލާޙު ކުޅެން އަރުވާފައި ވަނީ ވެސް މެޗުގެ ފަހު ވަގުތާ ހަމައިންނެވެ.

އެކަމާ ގުޅިގެން މައްސަލަތަކެއް ޖެހި، އެ ވާހަކަތައް މީޑިއާތަކުގައި ދެކެވެމުން އަންނަނިކޮށް ކްލޮޕް ބުނީ، ޞަލާޙުގެ ކުރިމަގާ ގުޅޭ އެއްވެސް ވާހަކަ އަކީ އޭނާއާ ބެހޭ ވާހަކައެއް ނޫން ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން އޭނާ އެއްވެސް ވާހަކައެއް ދައްކަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށާއި، އެކަން ކުރަން ޖެހޭނީ އެހެން ބައެއް ކަމަށް ވެސް ކްލޮޕް ބުންޏެވެ.

އިތުރަށް ކްލޮޕް ބުނީ، ޚާއްސަކޮށް ވެސް ޞަލާޙުއާ ގުޅުން ހުރި ކަންކަމުގައި ވާހަކަ ދައްކާނީ އެހެން ބައެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ ލިވަޕޫލްގެ އިސްވެރިންނަށެވެ. ކްލޮޕް ބުނި ގޮތުގައި ޞަލާޙުގެ ކުރިމަގާ މެދު ގޮތެއް ނިންމާނީ ކުލަބުގެ އެހެން މީހުންނެވެ.

މި ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗުކަމުން ކްލޮޕް ވަކިވާނެ އެވެ. އެ ނިންމުން އޭނާ އޮތީ މީގެ ދުވަސްކޮޅެއް ކުރިން އިއުލާން ވެސް ކޮށްފަ އެވެ. ލިވަޕޫލާއެކު ޞަލާޙު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ކުރިމަގާ ގުޅޭ ގޮތުން ޞަލާޙު ވެސް މިހާތަނަށް ވަކި ނިންމުނެއް ނިންމާފައި ނުވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް