ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 16:05
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
މެންބަރު މުސްތަފާ ފުލުހަށް ހާޒ
މެންބަރު މުސްތަފާ ފުލުހަށް ހާޒިރުވުމަށް އެންގި ޗިޓް ކެންސަލް ކޮށްފި
މުސްތަފާއަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ރާއްޖެޓީވީގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ މެންބަރުން އަންނަނީ ފުލުހަށް ހާޒިރުކުރަމުން
ކެންސަލް ކުރީ ކީއްވެގެން ކަމެއް ހާމައެއް ނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއަށް އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގި ނަމަވެސް ފުލުހަށް ހާޒިރުވުމަށް އެންގި ޗިޓް ކެންސަލް ކޮށްފައިވާ  ކަމަށް ފުލުހުން އަންގައިފި އެވެ.

މެންބަރު މުސްތަފާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ މިކަން ހާމަކޮށްފަ އެވެ. ފުލުސް އޮފީހަށް މުސްތަފާ ހާޒިރު ކުރަނީ 28 ވަނަ ދުވަހު ރާއްޖެޓީވީ ޕްރޮގްރާމެއްގައި ރައްޔިތުން ނުުކުމެ، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް، ގާނޫނީ ސަރުކާރު ވައްޓާލުމަށް ގޮވާލާފައި ވާތީ ކަމަށް މުސްތަފާއަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވެއެވެ..

މީގެ އިތުރުން ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ވެސް ފުލުހުން މުސްތަފާއަށް ފޮނުވާފައިވާ ޗިޓްގައި ވަނީ ބުނެފައެވެ.

މުސްތަފާ ފުލުހަށް ހާޒިރުވުމަށް އެންގީ، މާދަމާ  ރޭ 08:00 އަށެވެ.

މުސްތަފާގެ މައްސަލަ ކެންސަލް ކޮށްފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް އަންނަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް އެކި ތުހުމަތުތައްކޮށް، ފުލުހުން ބަންދުގައި ވެސް އެބަ ތިއްބެވިއެވެ.

އެގޮތުން މިދިޔަ މަހުގެ 24 ވަނަ  ދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ފުލުހުން ކުރަމުންދާ ތުހުމަތުތަކަށް ހިންނަވަރު ދާއިރާގެ މެންބަރާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފާއި ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑަރ ޖެނެރަލް (ރިޓަޔާރޑް) އިބްރާހިމް މުހައްމަދު ދީދިގެ އިތުރަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެ ސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައެވެ.

މީގެ އިތުރުން  އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ އިދާރާއިން ގޮނޑި ގެއްލުވާލާފައިވާ ތިން މެމްބަރަކު، މަޖިލީހުގެ އިދާރާއަށް ވެންނެވި މައްސަލައިގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް