ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 14:53
އަނިޔާވެރިކޮށް މަރާލާފައިވާ އަހުމަދު އަނަސްގެ އާއިލާގެ މީހުން: މީދޫގައި ވަނީ އަނަސްގެ މަރުގެ މައްސަލާގައި އިންސާފު ހޯދާދިނުމަށް ގޮވާލާ އެއްވުމެއް ބާއްވާފަ --
އަނިޔާވެރިކޮށް މަރާލާފައިވާ އަހުމަދު އަނަސްގެ އާއިލާގެ މީހުން: މީދޫގައި ވަނީ އަނަސްގެ މަރުގެ މައްސަލާގައި އިންސާފު ހޯދާދިނުމަށް ގޮވާލާ އެއްވުމެއް ބާއްވާފަ --
ނާޝިްތްސް ފޮޓޯސް
ރައްޔިތުންގެ މަޖިލީސް
އަނަސް މަރާލުމާ ގުޅިގެން އިންސާފު ހޯދައިދިނުމަށް އެދި މަޖިލީހުގެ ތިން ކޮމެޓީއަކަށް!
މިމައްސަލަ ހުށަހަޅާފައި ވަނީ ކޮމިޓީގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން

ރ. މީދޫ ފެންފިޔާޒުގޭ އަހުމަދު އަނަސް (25އ)ގެ މަރުގެ މައްސަލައިގައި އިންސާފު ލިބުމަށްއެދި މީދޫ ރައްޔިތުން ފާޅުކުރި ޝުއޫރުތަކަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ތިން ކޮމެޓީއަކަށް ހުށަހަޅައިފި އެވެ.

އަނަސް މަރާލި މައްސަލައިގައި އިންސާފު ހޯދާދިނުމަށް އަވަސް ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހަޅާފައި ވަނީ މަޖިލީހުގެ ސަލާމަތީ ހިދްމަތްތަކާ ބެހޭ ކޮމެޓީއަށާއި ގައުމީ ސަލާމަތުގެ ކޮމެޓީގެ އިތުރުން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށެވެ.

އެމައްސަލައިގައި ބުނެފައިވަނީ މާލޭގައި މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު، ވަރަށް އިހާނެތިކޮށް މަރާލާފައިވާ، އަނަސް މަރުގެ މައްސަލާގައި ވީހާ ވެސް އަވަހަކަށް މިކަމާ ގުޅޭ މުއައްސަސާތަކާއި ބައްދަލު ކުރުމަށް، މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅާ ކަމަށެވެ.

މިމައްސަލަ ކަމާބެހޭ ކޮމެޓީތަކަށް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ކޮމެޓީތަކުގެ މެމްބަރުންނެވެ.

އަނަސްގެ މަރުގެ މައްސަލަ މަޖިލީހުގެ ކޮމެޓީތަކަށް ހުށަހެޅި ނަމަވެސް މީގެ ކުރިން މިފަދަ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ނިލްވާން އަބްދުﷲގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް އެމައްސަލަތައް ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް ވަނީ ވަކިމުއްދަތެއް ނެތް ގޮތައް މެދުކަނޑާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް