ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 10:39
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ކިންގް ކަޕް އޮފް ޗެމްޕިއަންސް
ރޮނާލްޑޯގެ ދެ ލަނޑާއެކު މޮޅުވެ، ކިންގް ކަޕްގެ ފައިނަލަށް އަލް ނަޞްރު
 
ފައިނަލްގައި އަލް ނަޞްރު ނުކުންނާނީ، ވާދަވެރި އަލް ޙިލާލާ ދެކޮޅަށް

ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ސެމީ ފައިނަލްގައި އަލް ޚަލީޖާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އަލް ޚަލީޖުގެ މައްޗަށް އަލް ނަޞްރުން ކުރި ހޯދީ، 3-1 އިންނެވެ. އެ މެޗުގައި އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގަައި އަލް ނަޞްރަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ، އަލް ނަޞްރަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. ދެ ވަނަ ހާފުގައި އަލް ނަޞްރުގެ ތިން ވަނަ ލަނޑު ޖެހީ ރޮނާލްޑޯ އެވެ. އަލް ނަޞްރުން ތިން ލަނޑު ޖެހި ފަހުން، މެޗުގެ 82 ވަނަ މިނެޓުގައި އަލް ޚަލީޖުގެ ހަމައެކަނި ލަނޑު ޖެހީ ފަވާޒް އަލް ޓޮރައިސް އެވެ.

ކިންގް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ މި ހިނގާ މެއި މަހުގެ 31 ވަނަ ދުވަހު އެވެ. ފައިނަލްގައި އަލް ނަޞްރު ނުކުންނާނީ، ވާދަވެރި އަލް ޙިލާލާ ދެކޮޅަށެވެ. އަލް ޙިލާލަކީ މި ސީޒަންގެ ސައުދީ ޕްރޯ ލީގުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ، އަދި ލީގު ތާވަލްގެ އެއް ވަނައިގައި ވެސް އޮތް ޓީމެވެ. ފައިނަލުން އަލް ޙިލާލް ޖާގަ ހޯދީ ސެމީ ފައިނަލްގައި އަލް އިއްތިހާދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް