Advertisement
ކ. މާލެ
|
1 މެއި 2024 | ބުދަ 19:52
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
އޭނާ ދިރިއުޅޭ ކޮޓަރިން 58،000 ރުފިޔާ ފެނިފައިވޭ

މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފިއެވެ.

މަސްތުވާކަތި ބޭނުންކޮށް ގެންގުޅެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. އަދި އޭނާއާއި އިތުރު މީހަކާއި ގުޅިގެން ކުއްޔަށް ހިފާފައިވާ ކޮޓަރިއަކުން ޓްރެފިކިންގެ މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެތަނަކީ އޭނާ ދާ ތަނެއް ކަމަށް ޝަރީއަތުގައި ބުނެފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ކޮޓަރިން 58،000 ރުފިޔާ ފެނިފައިވެއެވެ. އަދި މި މީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

އަދި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

މީނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާއި އެއްގޮތަށް ކަނޑައަޅާފައިވެއެވެ. އަދި އެނާ ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ އޭނާ ކުއްޔަށް ހިފާފައިވާ ތަނެއް ނޫންކަމަށާއި، އެއީ ފުލުހުން ބުނާ ބުނުމެއް ކަމަށާއި، އޭނާއާ ގުުންހުރި ތަނަކުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ. އަދި އެތަނަކީ ތަޅުލާފައި ހުންނަ ތަނެއް ނޫންކަމަށާއި، އެތަނަކީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންނަށް ބޭނުންކުރި ތަނެއް ކަމަށެވެ.

މީގެ އިތުރުން ފެނުނު ފައިސާއަކީ އޭނާ އެކި މަސައްކަތުން ހޯދާފައިވާ ފައިސާކަމަށް އޭނާގެ ފަރާތުން ވަނީ ބުނެފައެވެ. އަދި އޭނާއާ މަސްތުވާތަކެތި ހުރި ތަނާއި ގުޅުވާލެވޭ އިތުރު ހެކި ދެން އޮންނަ މުއްދަތު މަޖިލީހުގައި ހުށަހެޅުމަށް ވަނީ އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް