ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.
މުސްތަފާ މި ޗިޓް ޓުވީޓުކޮށްފައިވާއިރު އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ 20:00 އަށެވެ.
qairu Gaanoonee amalu thakeh hihgumah Rahyithun nah hihvaru libey gothah Vaahaka dhehki kamah thuhumathu kurevey mahsala akah
— Mohamed Musthafa (@Thimarafushi) August 7, 2017
ifureetha pic.twitter.com/6m8Ea6i3tU
މުސްތަފާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ބުނެފައިވަނީ 2017 އޮގަސްޓް 28 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި، އައިރު ޤާނޫނީ އަމުރުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލަގައި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.
އަދި ކޯޓް އަމުރެއްގެ ދަށުން ސާމްޕަލް ނެގުމަށްޓަކައެވެ.
މިކަމާއި ގުޅިގެން މުސްތަފާ ވިދާޅުވީ އައިރު ޤާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސައަކަށް އިފުރީތަށް ކަމަށެވެ.