ކ. މާލެ
|
1 މެއި 2024 | ބުދަ 07:29
ރާއްޖެޓީވީގެ ދުވަސް ދުއްވާލައި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
ރާއްޖެޓީވީގެ ދުވަސް ދުއްވާލައި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
ރާއްޖެއެމްވީ
ޓީވީ ސްޓޭޝަންތަކަށް އިންޒާރުދިނުން
ރާއްޖެޓީވީއާއި ޗެނަލް 13ށް އިންޒާރުދިން މައްސަލަ ތަހުގީގުކުރަން ފަށައިފި
 
މި މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން
 
މީޑިއާތަކަށް ގެއްލުންދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ މައްސަލަތަކެއް

ރާއްޖެޓީވީއާއި ޗެނަލް 13ށް އިންޒާރުދިން މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް ޓީވީ ޗެނަލްތަކަށާއި، ބައެއް ފަރުދުންނަށް ގެއްލުންދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން މި މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އަދި މީހުންނާއި ތަންތަނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުންދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ އެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ގެންދާނެ މައްސަލަތަކެއް ކަމަށް ބުނެފައިވެއެވެ.

އެގޮތުން މި މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ސައިބަރ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނޑައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް