ކ. މާލެ
|
1 މެއި 2024 | ބުދަ 07:17
ޝަރީއަތުން ނުކުމެ، ރުބިއާލެސް ކާރަށް އަރަނީ
ޝަރީއަތުން ނުކުމެ، ރުބިއާލެސް ކާރަށް އަރަނީ
ރޮއިޓާސް
ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަން
ގޯސް ފައިސާއެއްގައި ޖެހިފައި ނުވާނެ: ރުބިއާލެސް
 
ރުބިއާލެސް ބުނީ އެއްވެސް ސިފައެއްގައި އޭނާ އަށް ނުޤަވާއިދުން އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށާއި، އަބަދު ވެސް އޭނާ މަސައްކަތް ކުރަމުން އައީ ޤަނޫނާއި، ޤަވާއިދުތަކުގެ ތެރެއިން ކަމަށް

ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، ގޯސް އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށް، ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސް ބުނެފި އެވެ.

ރުބިއާލެސް މިހެން ބުނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއާ ގުޅިގެން ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ރުބިއާލެސް ބުނީ، އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ކުރިމަތީގައި ހުރިހާ ވާހަކައެއް ކިޔައިދީފައިވާނެ ކަމަށެވެ. އޭނާ ބުނީ ހަތަރު ގަޑިއިރަށްވުރެ ގިނަ ވަގުތަށް ދިގު ދެމިގެން ދިޔަ ޝަރީއަތުގައި، އޭނާއާ ކުރިމަތި ކުރި ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދީފައިވާނެ ކަމަށެވެ. މައްސަލައިގައި ހުރިހާ ކަމެއް ވެސް ސާފު ކުރަން ބޭނުންވާކަން ފާހަގަކޮށް ރުބިއާލެސް ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ފަރާތުން ފުރިހަމަ އަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.

އޭނާ ބުނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން، އެ މަސައްކަތް ކުރީ ނުހަނު އުފަލާއެކު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ހުރިހާ ސިފައެއްގައި ބެލި ނަމަވެސް، ފުޓުބޯޅަ އަށް އަދި ކުޅިވަރަށް ވެސް ވަރަށް ރަނގަޅު ކަންތައްތަކެއް ކޮށްދެވުނު ކަމަށާއި، އެކަމާ ޝައްކު ކުރާނެ މީހަކު ވެސް ނުހުންނާނެ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

ރުބިއާލެސްއާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކަށް އިންސާފު ލިބިގެންދާނެ ކަމަށް ވެސް އޭނާ ޤަބޫލުކުރެ އެވެ. ރުބިއާލެސް ބުނީ އެއްވެސް ސިފައެއްގައި އޭނާ އަށް ނުޤަވާއިދުން އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށާއި، އަބަދުވެސް އޭނާ މަސައްކަތް ކުރަމުން އައީ ޤަނޫނާއި، ޤަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރުބިއޭލެސް ވަނީ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުން އިސްތިއުފާ ދީފަ އެވެ. އޭގެ ކުރިން، ފީފާ އަންހެން ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ރުހުމަކާ ނުލައި، ސްޕެއިން ޤައުމީ ޓީމުގެ އަންހެން ކުޅުންތެރިޔެއްގެ ތުންފަތުގައި ބޮސްދިން މައްސަލައިގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ތިން އަހަރަށް އޭނާ ސަސްޕެންޑު ވެސް ކުރި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް