ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 12:58
ލޫނާ އިކްލިޕްސް ނެގުން
ލޫނާ އިކްލިޕްސް ނެގުން
ގޫގުލް
ހަނދުކޭތަ ހިފުން
ހޯމަ ދުވަހު ރޭ ހަނދު ކޭތައެއް ހިފަނީ
ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ޖަހާއިރު
މާލޭގައި ކޭތަ ނަމާދު ކުރަނީ އިސްލާމީ މަރުކަޒުގައި
މިކޭތަ އެންމެ ފުރިހަމައަށް ހިފާފައި ހުންނާނީީ ހަނދުގެ ހަތަރު ބައިކުޅަ އެއްބައިގައި

ހަނދުކޭތަ މިރޭގެ ވަގުތެއްގައި ހިފާތީ ކޭތަ ނަމާދުކުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިރޭ 09:00 ގައި މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަަމަށެެވެ.

މާލޭގައި ކޭތަ ނަމާދުކުރުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.

މިއީ މިއަހަރު ރާއްޖެއަށް ފެންނާނެ ފުރަތަމަ ހަނދުކޭތައަށްވާ އިރު މިކޭތަ އެންމެ ފުރިހަމައަށް ހިފާފައި ހުންނާނީީ ހަނދުގެ ހަތަރު ބައިކުޅަ އެއްބައިގަ އެވެ. ކޭތަ ހިފާފައި ހުންނާނެ ވަގުތު ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދާނެ އެވެ. އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ކޭތަ ނަމާދުގެ ހުތުބާ އަޕްލޯޑުކޮށްފަ އެވެ.

 މީގެ އިތުރުން 2018 ވަނަ އަހަރު ދެ ހަނދުކޭތައެއް ހިފާނެ އެވެ. މިދެކޭތަވެސް ރާއްޖޭގެ ސަރަހައްދަށް ފެންނަ އިރު އެދެ ކޭތަ އަކީ ފުރިހަމަ ކޭތަ އެކެވެ. މީގެ އިތުރުން 2019 ވަނަ އަހަރުވެސް ހަނދު ކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ފެނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް