ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 19:04
ދިވެހި ޕާސްޕޯޓް
ދިވެހި ޕާސްޕޯޓް
ރާއްޖެއެމްވީ
ޕާސްޕޯޓްގެ ޚިދުމަތް
ސަލަމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އެންމެ ހަރަދު ކުޑަގޮތަކީ ވެސް 5 އަހަރުގެ މުއްދަތަށް ޕާސްޕޯޓް އޮތުން - އިމިގްރޭޭޝަން
 
10 އަހަރަށް މުއްދަތު ބަދަލުކޮށްފިނަމަ ހަރަދު ބޮޑުވާނެ
 
އޮޓޯ ގޭޓް ބޭނުންކުރަން ފަށާއިރު ޕާސްޕޯޓްގެ ސެކިއުރިޓީ ކޮމްޕްރަމައިޒްކުރެވެން ނެތް
 
10 އަހަރު ތެރޭގައި މީހެއްގެ މޫނަށް ވަރަށް ބައިވަރު ބަދަލު އާދޭ

ސަލަމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އެންމެ ޚަރަދު ކުޑަގޮތަކީ ވެސް 5 އަހަރަށް މުއްދަތަށް ޕާސްޕޯޓް އޮތުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޕާސްޕޯޓުގެ މުއްދަތާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައިގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ ޕާސްޕޯޓުގެ މުއްދަތަކީ 5 އަހަރު ކަމަށާއި، އެކަމުގައި މައިގަނޑު 2 ސަބަބެއް ހިމެނޭ ކަމަށެވެ. އެއް ސަބަބަކީ ސެކިއުރިޓީ ކަމަށާއި، އަނެއް ސަބަބަކީ ފައިނޭންސްގެ ސަބަބު ކަމަށެވެ. އެގޮތުން ސެކިއުރިޓީ ސަބަބުތަކަށް ބަލާއިރު، ޕާސްޕޯޓް ހަދަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ކަމަށެވެ. އެ މިންގަނޑުތަކުގައި އޮންނަނީ 5 ނުވަތަ 10 އަހަރަށް ޕާސްޕޯޓް ދިނުމަށް ކަމަށެވެ.

ޝިފާން ވިދާޅުވީ އެކި ގައުމުތަކުގައި އަމަލުކުރަނީ އެކި ގޮތްގޮތަށް ނަމަވެސް، ރާއްޖޭގައި އަމަލުކުރަނީ ހުރިހާ ޕާސްޕޯޓަކަށް ވެސް 5 އަހަރަށް ކަމަށެވެ. އެހެން ގައުމުތަކުގައި 16 އަހަރު ނުފުރޭ ކުދިންނަށް އޮންނަނީ 5 އަހަރުން ހަދަންޖެހޭ ގޮތަށް ކަމަށާއި، 16 އަހަރު ނުވަތަ 18 އަހަރުން މަތީގައި އޮންނަނީ 10 އަހަރަށް ކަމަށެވެ. އަދި ޕާސްޕޯޓް ހަދަންޖެހޭ ފަރާތްތައް ގިނަކަމުން ބައެއް ގައުމުތަކުގައި 10 އަހަރަށް ޕާސްޕޯޓުގެ މުއްދަތު އޮތްނަމަވެސް ބެސްޓްޕްރެކްޓިސް އަކީ 5 އަހަރު ކަމަށް ޝިފާން ވިދާޅުވިއެވެ.

އެކަމުގެ ސަބަބު ކިޔައިދެއްވަމުން ޝިފާން ވިދާޅުވީ އޮޓޯ ގޭޓް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ޕާސްޕޯޓުގެ ޗިޕްގައި ސޭވްކުރަނީ މައިގަނޑު ގޮތެއްގައި ދެ ބައޯމެޓްރިކެއް ކަމަށާއި، އެކައްޗަކީ ފިންގަރ ޕްރިންޓް އަދި އަނެއް ބަޔޯ މެޓްރިކަކީ މޫނު ކަމަށެވެ.

ދެން އޮޓޯ ގޭޓްގައި މި ބޭނުންކުރަނީ އިނގިލި ބޭނުން ނުކޮށް. ކޮންޓެކްޓް ލެސްކޮށް އޮޓޯ ގޭޓުން ފޭސް ބޭނުންކޮށްގެން ހަމައެކަނި ދިއުން. 10 އަހަރު ތެރޭގައި މީހެއްގެ މޫނަށް ވަރަށް ބައިވަރު ބަދަލު އާދޭ. އެހެންވީމާ އޮޓޯ ގޭޓް އަދި ފަހުން އަންނަ ޓެކްނޮލޮޖީ ބޭނުންކުރުމުގައި ގޯސްތަކެއް ދިމާވަނީ. ދެވަނަ ކަމަކީ އަޅުގަނޑުމެންގެ ކަލްޗަރަށް ބަލާލާއިރު، ޕާސްޕޯޓް ގެއްލޭ އަދަދު ނިސްބަތުން ވަރަށް ގިނަ. 2023 ވަނަ އަހަރު އެކަނި 900ށް ވުރެ ގިނަ ޕާސްޕޯޓް ގެއްލިފައިވޭ. އެއީ 5 އަހަރަށް ދޫކޮށްފައިވާ ޕާސްޕޯޓެއް. އެހެންވީމަ 10 އަހަރަށް ދަމާލައިފިނަމަ މި އަދަދު ޑަބަލްވެގެންދާނެކަމަށް ފޯކާސްޓް ކުރެވޭ.
ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން

ޝިފާން ވިދާޅުވީ ރާއްޖޭގެ ޕާސްޕޯޓަކީ ވިސާއާއި ނުލާ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓެއް ކަމަށާއި، އެހެންކަމުން ޕާސްޕޯޓް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ގައުމަކުން އެހެން ގައުމަކަށް ވިސާ ފްރީކުރުމަށް ހުއްދަ ދޭއިރު މައިގަނޑު 3 ކަމަކަށް ބަލާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ދޭދޭ ގުޅުމާއި، ޕާސްޕޯޓުގެ އިންޓެގްރިޓީ ނުވަތަ ބާރު އަދި ރައްޔިތުންގެ އެހެން ގައުމެއްގައި ވިސާ އެބިއުސް ކޮށްގެން އުޅޭތޯ ބަލާ ކަމަށެވެ.

މީގެ އިތުރުން ޕާސްޕޯޓުގެ އަގަށް ބަލާއިރު، ޕާސްޕޯޓް ހަދަނީ 35.8 ޔޫރޯ ނުވަތަ 596 ރުފިޔާއަށް ކަމަށެވެ. އަދި ޕާސްޕޯޓުގެ ވޮލިއުމްއަކީ ނިސްބަތުން މަދު އަދަދެއް ކަމަށާއި، އެއީ ގާތްގަނޑަކަށް އެންމެ މަދުވެގެން 40،000 ކަމަށެވެ. ނަމަވެސް އަހަރަކު ޕާސްޕޯޓް އިޝޫކުރާ އަދަދު އަހަރެއްގެ މައްޗަށް 60،000ށް އަރާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ނިސްބަތުން ބަލާނަމަ މިއީ ބޮޑު އަދަދެއް. އެކަމުގެ ސަބަބުން ޕާސްޕޯޓް ހަދަންދާ ހަރަދު ބޮޑުވޭ. އަދި ޕާސްޕޯޓް ޕްރިންޓްކޮށްފައި ބެހެއްޓުމަކީ ވަރަށް ރިސްކީ ކަމެއް. ވޮލިއުމް މަދުކޮށް ދިގުމުއްދަތަކަށް ބަހާލައިފި ނަމަ ގާތްގަނޑަކަށް 1.4 މިލިއަން ޔޫރޯ އަހަރަކު އެބަހަރަދުކުރޭ ޕާސްޕޯޓަށް. އެހެންވީމާ މި އަދަދު ޑަބަލްވެގެންދާނެ. އެއީ ފައިނޭންޝަލް ކޯސްޓުގައި ހިމެނޭނެ ކަމަށް. އަޅުގަނޑުމެން ރިކޮމެންޑް ކުރާނީ ބެސްޓް ޕްރެކްޓިސްއާއެއްގޮތަށް މިނިމަން އޭޖްއެއް ގެންގުޅުން.
ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން

ޝިފާން ވިދާޅުވީ މި ހުރިހާ ސަބަބުތަކަށް ބަލާއިރު، އަދި އައިކާއޯއިން ވެސް ޕާސްޕޯޓާއި ގުޅިގެން ހަދާފައިވާ އުސޫލުތަކަށް ބަލާއިރު، އެންމެ ރަނގަޅުވާނީ 5 އަހަރަށް ޕާސްޕޯޓްގެ މުއްދަތު ބެހެއްޓުން ކަމަށާއި، އިމިގްރޭޝަންގެ ރިކޮމެންޑޭޝަނަކީވެސް އެއީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
ވާކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓް ނެގުމަށް އޮންލައިންކޮށް ނަންބަރު ދޫކުރަން ނިންމައިފި
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި