ޔޫކޭ އަށް ދިއުމަށް ބޭނުންވާ ވިސާ ޖެހުމަށްޓަކައި ވަގުތީ ސެންޓަރެއް ގާއިމް ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔޫކޭ އަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާގެ ކަންތައްތައް ހަމަޖއްސައި ދިނުމަށްޓަކައި ވަގުތީ ވިސާ ސެންޓަރެއް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީގައި ގާއިމުކުރާނެ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ މި ވިސާ ސެންޓަރު ގާއިމް ކުރަނީ ފޮރިން މިނިސްޓްރީ އާއި ޔޫކޭގައި ގާއިމް ކޮށްފައިވާ ދިވެހި އެމްބަސީ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ މި ވިސާ ސެންޓަރު ގާއިމް ކުރަނީ ޔޫކޭ އަށް މަތީތައުލީމް ހާސިލް ކުރުމަށްދާ ދިވެހިންނަށް ފަސޭހަ ކަމާ އެކު ވިސާގެ ކަންތައްތައް ހަމަޖެއްސުމުގެ މަގުސަދުގައި ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ފޮރިން މިނިސްޓްރީގައި ގާއިމް ކުރާ ވިސާ އެޕްލޮކޭޝަން ސެންޓަރުގެ ހިދުމަތް ލިބޭނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ހެނދުނު 9:00 ފެށިގެން ހަވީރު 5:00 އަށް ކަމަށެވެ.