ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 18:47
އުރީދޫ ހަދިޔާ ފޮށީގެ އިނާމު ހަވާލުކުރުން
އުރީދޫ ހަދިޔާ ފޮށީގެ އިނާމު ހަވާލުކުރުން
އުރީދޫ
އުރީދޫގެ ހަދިޔާފޮށި
އުރީދޫގެ ހަދިޔާފޮށިން އިނާމު ލިބުނު ފަރާތްތަކާއި އިނާމު ހަވާލުކޮށްފި
 
އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށް އިނާމު ހަވާލުކުރެވިގެންދިޔަ

ނިމިގެން މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

އުރީދޫ ހެޑްކުއާޓާޒް ގައި ކުރިއަށް ދިޔަ ރަސްމިއަޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށް އިނާމު ހަވާލުކުރެވިގެންދިޔައެވެ.

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ.

ސީސީއޯ، ހުސައިން ނިޔާޒް ވަނީ މިއަހަރުގެ ހަދިޔާފޮށީގަ ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަން ކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން ދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް