ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 10:00
ެެމެންގްރޯވް ޗެމްޕިއަންޝިޕްގައި ކުޅުންތެރިއަކު ލަނޑު ޖެހުމަށްފަހު
ެެމެންގްރޯވް ޗެމްޕިއަންޝިޕްގައި ކުޅުންތެރިއަކު ލަނޑު ޖެހުމަށްފަހު
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް: ނައިފަރު ޗެލްސީ އާއި ވިންޑް ވޯރިއާސް މޮޅު
 
މުބާރާތުގައި 10 ޓީމް ވާދަކުރޭ

މެނެގްރޯވް އައިލެންޑް ޗެމްޕިއަންޝިޕްގައި ނައިފަރު ޗެލްސީއާއި ވިންޑް ވޯރިއާސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ކެނދިކުޅުދޫ ވިންޑް ވޯރިއާސް މެޗު ކާމިޔާބުކުރީ ކުޑަފަރި ސްޕޯރޓްސް ކްލަބާ ވާދަކޮށް 2-0 ނެވެ. ފުރަތަމަ ލަނޑު ޖަހައިދިނީ އައިސަމް އެވެ. އަދި ދެވަނަ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވިންޑް ވެރިއޯސް އަށް ކުޅޭ ގައުމީ ޓީމްގެ އަބްދުالله ޔާމީން އެވެ. މެޗުގައި ދެ ލަނޑު ޖަހަން ވެސް ފުރުޞަތު ތަނަވަސްކޮށްދިނީ ޔާމީން އެވެ.

ނައިފަރު ޗެލްސީ ފުރަތަމަ މެޗު ކާމިޔާބުކުރީ މަނަދޫ ސްޕޯރޓްސް ކްލަބާ ވާދަކޮށް 1-0 ނެވެ. ފަހު ތިން މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުން ނައިފަރު ޗެލްސީ އަށް ލަނޑު ޖަހައިދިނީ އަލް ސައީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާ ހަލީލް ޖަމާލް އެވެ. މިމުބާރާތުގައި އޭނާ ކުޅެނީ ނައިފަރު ޗެލްސީ އަށެވެ.

މިމުބާރާތުގައި ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިން ކުޅެއެވެ. އަދި ބިދޭސީ ކުޅުންތެރިން ވެސް މުބާރާތުގައި ކުޅެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް