ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 07:30
އަރްވިންދު ކެޖްރިވާލް ގުވަހާޓީގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޮ: އޭއެފްޕީ
އަރްވިންދު ކެޖްރިވާލް ގުވަހާޓީގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޮ: އޭއެފްޕީ
މޯދީގެ ވާދަވެރިޔާ ބަނދުކުރުން
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
 
ދިއްލީގެ މަޝްހޫރު ތިހާރު ޖަލުގައި ބަންދުކޮށްފައި ހުރި ކެރްޖްރިވާލް ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަން ދޮގުކޮށްފައި

ކޮރަޕްޝަންގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި އިންޑިއާގެ މަޝްހޫރު އިދިކޮޅު ލީޑަރު އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ދިއްލީ ސްޓޭޓްގެ ޗީފް މިނިސްޓަރު އަދި އާމް އާދްމީ ޕާޓީ (ކޮމަން މޭންސް ޕާޓީ) ގެ ވެރިޔާ ކެޖްރިވާލްގެ މައްޗަށް ތުހުމަތު ކުރަނީ މިހާރު އުވާލާފައިވާ ބަނގުރާގެ ސިޔާސަތުގައި ބައެއް ޕްރައިވެޓް ރީޓެއިލަރުންނަށް ފައިދާވާ ގޮތަށް ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފެޑެރަލް ސަރުކާރުގެ ކޮންޓްރޯލް އޮންނަ އެޖެންސީއެއް ކަމަށްވާ އެންފޯސްމަންޓް ޑައިރެކްޓްރޭޓް (އީޑީ) އިން އޭނާ ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ.

ދިއްލީގެ މަޝްހޫރު ތިހާރު ޖަލުގައި ބަންދުކޮށްފައި ހުރި ކެރްޖްރިވާލް ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަން ދޮގުކޮށްފައެވެ.

ގައުމީ އިންތިހާބަށް ހަފުތާއެއްހާ ދުވަސް ވެފައި ވަނިކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ވަނީ މިއީ މޯދީގެ ސަރުކާރުން ހިންގި ސިޔާސީ ބަދަލު ހިފުމުގެ އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

ބުދަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކެޖްރިވާލް ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ސްޕެޝަލް ގާޒީ ކަވޭރީ ބަވޭޖާގެ ކުރިމައްޗަށް ހާޒިރުކޮށްފައެވެ.

ކެޖްރިވާލް އަކީ ހަކުރުބަލީގެ ޝިކާރައަކަށް ވެފައިވާ އެ ބަލީގެ މަތީސްޓޭޖެއްގައި ހުރި މީހެކެވެ. އޭނާއަކީ އޭނާގެ ލޭގައި ހަކުރު 320 އެމްޖީ/ޑީއެލް އަށް އިތުރުވުމުން، އެއީ އާދައިގެ 70-100 އެމްޖީ/ޑީއެލް އަށް ވުރެ ދެގުނަ އިތުރު ވުމެއް ކަމުން ލޯ ޑޯޒް އިންސިއުލިން ޖަބެއް ޤަވާއިދުން ކޮންމެދުވަހަކުވެސް ދޭންޖެހޭ މީހެކެވެ.

ހަކުރު ބަލީގެ ޝިކާރައަކަށްވެފައިވާ ކެޖްރިވާލް ވަނީ އެތައް ފަހަރެއްގެ މަތިން އެދުމުންވެސް އޭނާއަށް އިންސިއުލިން ފޯރުކޮށްނުދޭކަމަށް ބުނެ ތިހާރުގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޗީފް މިނިސްޓަރު ޖަލުއޮފިޝަލުންނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އިންސިއުލިން އަށް ޑިމާންޑް ކުރާތާ 10 ދުވަސް ވެފައިވާ ކަމަށެވެ. އަދި ހަކުރު ގެ މިންވަރު މަތިކަން އޭނާ ދައްކާ ކޮންމެ ޑޮކްޓަރަކަށް ވެސް ހުށަހަޅާފައިވާނެކަމަށް ކެޖްރިވާލް ވިދާޅުވިއެވެ.

އީޑީއިން މިދިޔަ ހަފުތާގައި ވަނީ ކެޖްރިވާލް އޭނާގެ ލޭގައި ހަކުރު އިތުރު ކުރުމުގެ ބޭނުމުގައި އިތުރު ހަކުރު އަޅައިގެން ސައި ބޯކަމަށް ތުހުމަތުކޮށްފައެވެ. ކެޖްރިވާލު ޖަލުގައި ހުންނެވި ނަމަވެސް އޭނާއަށް ކާބޯތަކެތި ފޯރުކޮށްދެނީ އޭނަގެ އަމިއްލަ ގެއިން ތައްޔާރުކުރާ ޚާއްޞަ ކާނާ ކަމަށް ޖަލުގެ އޮފިޝަލުން ބުނެއެވެ.

ކެޖްރިވާލްގެ ޕާޓީން އެ ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ ފެޑެރަލް އެޖެންސީން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަނީ ޗީފް މިނިސްޓަރަށް ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ދިނުން ހުއްޓުވުމަށް ކަމަށެވެ.

މިއަދު އެނގެނީ ޗީފް މިނިސްޓަރު ވިދާޅުވަނީ ތެދެއްކަން، އިންސިއުލިން ބޭނުންވީ. އެކަމަކު ބާރަތިޔާ ޖަނަތާ ޕާޓީގެ މަރުކަޒީ ސަރުކާރުގައި ތިއްބެވި އޮފިޝަލުން އޭނާއާ މެދު އަމަލު ކުރަމުން ދިޔައީ ރަނގަޅަކަށް ނޫން
ދިއްލީގެ މިނިސްޓަރު ސޯރަބް ބަރްދްވާޖް

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ޕާޓީގެ ތިން ލީޑަރުންގެ ތެރޭގައި ކެޖްރިވާލް ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ އިންޑިއާގައި ހައްޔަރުކުރި ފުރަތަމަ ޗީފް މިނިސްޓަރު ވެސް މެއެވެ.

އޭނާ ހައްޔަރުކުރުމުން މޯދީގެ ސަރުކާރުގައި ދުސްތޫރީ ކާރިސާއެއް އުފެދިދާނެ ކަމުގެ ބިރު ބޮޑުވެ، ކެޖްރިވާލްގެ ޕާޓީން ވަނީ ވެރިކަން ކުރާ ދިއްލީ އާއި އުތުރުގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބުގައި ވެސް ވަނީ މުޒާހަރާތައް ފަށައިފައެވެ.

އަދި އިންޑިއާގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލާ އެމެރިކާ އާއި ޖަރުމަނުގެ ސަމާލުކަން ވެސް ވަނީ ހޯދާފައެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ އިންތިހާބުގައި 27 ޕާޓީ ހިމެނޭ އިދިކޮޅު އިއްތިހާދުގެ ތެރެއިން ކެޖްރިވާލްގެ ޕާޓީން ވާދަކުރާއިރު، އާލީ އޮޕީނިއަން ޕޯލްތަކުން މޯދީގެ ވެރިކަން ކުރާ ބީޖޭޕީއަށް ތާއީދު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި