Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 09:26
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ
ރޮއިޓަރސް
އިންޑިއާ-އިނގިރޭސިވިލާތް ގުޅުން
އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަނީ
މިއީ ސްޓާމާ އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފު. މި ދަތުރުފުޅުގައި ދެ ބޮޑު ވަޒީރުން ދިއްލީގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ. އަދި އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީ ގައި އޮންނަ ގްލޯބަލް ފިންޓެކް ފެސްޓްގައި ބައިވެރިވެވަޑައިގެން، ދެ ބޭފުޅުން ވެސް ވާހަކަފުޅު ދައްކަވާނެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް, އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ އެ ޤައުމަށް ވަޑައިގަންނަވާނީ މި ހަފުތާގެ ތެރޭގަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފައި ވަނީ، ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް ވަޑައިގަންނަވާނީ މި މަހުގެ އަށް ވަަނަ ދުވަހުން ނުވަ ވަނަ ދުވަހަށެވެ.

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް މި ހަފުތާ ގައި ވަޑައިގަންނަވާއިރު، މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އަދި އެ ދަތުރުފުޅު ގައި އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

މި ދެ ޤައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންދާތާ ތިން އަހަރުވެފައި ވަނިކޮށް، ކުއްލިއަކަށް އަވަސް ގޮތަކަށް މިއަހަރު މެއި މަހު އެއްބަސްވުމުގެ މަޝްވަރާތައް ނިންމާލީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާ އަށް އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފް ތަކެއް ނެގުމަށް އިއުލާން ކުރެއްވުމާއެކު އެވެ.

މިއީ ސްޓާމާ އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ބޮޑު ވަޒީރުން ދިއްލީގައި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ. އަދި އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީ ގައި އޮންނަ ގްލޯބަލް ފިންޓެކް ފެސްޓްގައި ބައިވެރިވެވަޑައިގެން، ދެ ބޭފުޅުން ވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް