ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 09:02
ރާއްޖެއިން ހައްޖަށްދިޔަ ބައެއް މީހުން ހުޅުލެއަށް ދިއުމަށް މާލެއިން ފުރަނީ--
ރާއްޖެއިން ހައްޖަށްދިޔަ ބައެއް މީހުން ހުޅުލެއަށް ދިއުމަށް މާލެއިން ފުރަނީ--
ގޫގުލް
ހައްޖު 1438
ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށައިފި
މި އަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދާނެ
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 700 މީހުން ދާނެ
ފުރަތަަމަ ގޮސްފައި ވަނީ ޒައީ ގުރޫޕްގެ ހަވާލުގައި ދާ މީހުން

މި އަަހަރު ރާއްޖެއިން މި އަހަރު ހައްޖަށްދާ ފުރަން ފަށައިފި އެވެ.

 

ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕު ފުރަން ހަމަ ޖެހިފައިވަނީ މިއަދު ހެނދުނު 9.20ގަ އެވެ. އެންމެ ފުރަތަމަ ފުރާނީ ޒައީ ގުރޫފުގެ ހަވާލުގައި ހައްޖަށްދާ މީހުންނެވެ. އެ ކުންފުނިން ހައްޖަށް ގެންދާ އެންމެ މިއަދު ފުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

 

މިއަހަރު ރާއްޖެއިން 1,000 މީހުން ހައްޖަށްދާނެ އެވެ. ހަތަރު ކުންފުންޏަކުން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ވަނީ ހުއްދަ ދީފަ އެވެ.

 

ހައްޖަށް މީހުން ގެންދިއުމަށް ހަމަ ޖެހިފައި ވަނީ ޒައީ ހައްޖު ގުރޫޕާއި ހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގުރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރުވެސް އެންމެ ގިނަ މީހުން ހައްޖަށްދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އެ ކުންފުނީގެ ހަވާލުގައި 700 މީހުން ހައްޖަށް ދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ދެން އޮތް ތިން ކުންފުނިން ވެސް ކޮންމެ ކުންފުންޏަކުން 100 މީހުން ހައްޖަށް މީހުން ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

 

ހައްޖު ކޯޕަރޭޝަނުގެ ފުރަތަމަ ގުރޫޕް ފުރާނީ އަންގާރަ ދުވަހުގެ ހެނދުނެވެ.

 

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ އިސް މީހަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް