ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 08:43
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް
ރާއްޖެއެމްވީ
ޑރ. ޖަމީލު
ޑރ. ޖަމީލު މަގާމުން ވަކިކުރީ މެންބަރުންނަށް ފޭކް މެސެޖްތަކެއް ދެއްކުމަށް ފަހު: ރިޔާޒް
ރައީސް ޔާމީނަކީ އެކުގައި އުޅުއްވާ ބޭފުޅުން ފަހުން ޑަމްޕް ކުރައްވާ ބޭފުޅެއް
މަޖިލިސް ހުއްޓުވާފައި އޮތީ ހިންގާފައިވާ ޖަރީމާތައް ބަލައިފާނެތީ

ޑރ. މުހައްމަދު ޖަމީލު އަހުމަދު ނައިބު ރައީސް ކަމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަަށް ފޭކް ވައިބަރ މެސްޖްތަކެއް ދެއްކުމަށް ފަހު ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

 

އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރީ ހަދާފައި ހުރި ސީދާ ފޭކް ވައިބަރ ޗެޓް ލޮގްތަކެއް ބޭނުންކޮށްގެންކަން މިއަދު އެންމެންނަށް އެނގޭ ކަމަށެވެ.

 

 އެހެން ނޫން ނަމަ މިއަދު އެމައްސަލަ ނުބަލަންވީ ސަބަބެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގައި އޮންނަ އުސޫލުން ޑރ. ޖަމީލު އެ މަގާމުން ވަކި ނުކުރީ ކީއްވެތޯ ރިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި  އެދުވަހު އެބޭފުޅުން އެކަމަށް ތާއީދު ނުކުރެއްވީ، ޑރ. ޖަމީލު އިމްޕީޗްކުރުމަށް މަޖިލީހަށް ފޮނުވީ ގާނޫނާ ޚިލާފަށް ވާތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ދެ ނައިބުންނާއި ތިން ޑިފެންސް މިނިސްޓަރުން ވަކިކޮށް، މިނިސްޓަރުންތައް ފެއަށްޖެހި ސިޔާސީ ގޮތުން ބަރުދަނެއް ހުރި އެއްވެސް ހަރު މީހަކު މިއަދު އެމަނިކުފާނުގެ އަރިހުގައި ނެތްކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަން އެގޮތަށް ވަނީ ސިޔާސީ ކޮންމެ މީހަކު ބޭނުން ކުރެއްވުމަށް ފަހު ޑަމްޕް ކުރާ އުސޫލް ގެންގުޅުއްވާތީކަމަށް ރިޔާޒް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، މަޖިލީހުގެ ސްޕީކަރ މަސީހަށް ވެސް ރައީސް ޔާމީން ދެން ހައްދަވާނީ އެގޮތަށެވެ.

 

"މަސީހު ސްޕީކާރަކަށް އައީ 43 މީހުންގެ ތާއީދާ އެކު. ދެން މިހާރު 45 މީހުން މަސީހު ކަމަކު ނުދެއޭ ބުނީމައި، މަސީހު އަމިއްލައަށް ވެސް ކިރިޔާ ވެސް އިންޓެގްރިޓީއެއް ހުރިއްޔާ ދާންވީ ނޫންތޯ. ކޮންކަމެއް މަޖުބޫރު ވެގެންތޯ އެ ހުންނަވަނީ. މެޖޯރިޓީއަށް އިޚްތިރާމް ކުރުމަކީ އެއީ ދެއްތޯ،" ރިޔާޒް ވިދާޅުވިއެވެ.

 

ފަނޑިޔާރުގެއިން ވެސް މިއަދު ފެނިގެން ދަނީ ބެނުންވާ ޝަރީއައްތަކާއި، ހުކުމްތައް ބޭނުންވާ ގޮތަށް އޭރު ގެންދެވި ބޭފުޅުންނާ ދޭތެރޭ މިހާރު ހިތްހަމަނުޖެހިގެން އޭބޭބޭފުޅުން ތިބި މަގާމްތަކުން ވަކިކުރައްވަމުންދާ މަންޒަރުކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަންކަން ހިނގަނީ ރައީސް ޔާމީންގެ ނުފޫޒުން ކަމަށް ރިޔާޒް ތުހުމަތު ކުރެެއްވިއެވެ.

 

ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒާ ހެދި އުނދަގޫވާކަން އެނގިވަޑައިގަންނަވާ ކަމަށާއި، މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުން ލައްވާ ގާނޫނާ ޚިލާފް އަމަލު ހިނެގެވުމަށް ފަހު، އެމައްސަލަތައް ބަލަން ފެށުމުން ފުލުހުންގެ ޑިޕާޓްމެންޓްތަކުގެ ބައެއް އިސްވެރިން ޗުއްޓީއަށް ގޮސްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަން އެހެން ވާންޖެހެނީ، ފުލުހުން ލައްވާ ގާނޫނާ ޚިލާފް އަމަލު ކުރުވުމުން އެކަމުގައި އިންވޯލްވާން އެބޭފުޅުން ބޭނުން ނުވާތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

ރިޔާޒް ވިދާޅުވީ، ސިޔާސީ ނުފޫޒާ ހެދި ނުވަތަ މަގާމުގެ ބޭނުމުގައި، ގަނޫނު އަސާސީން ބޭރުން ކުރާ ޣައިރު ގާނޫނީއަމުރަށް އެއްވެސް ފަރާތަކުން ތަބާވާކަށް ނުޖެހެއެވެ. އަދި އެފަދަ އަމުރެއް ކޮށްފި ނަމަ އެ އަމުރެއް ކުރި ވެރިއަކަށް ހުންނަ މީހަކަށް ސުވާލު ވެސް ކުރަން ޖެހޭނެއެެވެ.

 

ރިޔާޒް ވިދާޅުވީ، އެބޭފުޅުންގެ މެޖޯރިޓީއާ އެކު މަޖިލީހުގެ މަސައްކަތް ފެށޭ ފުރަތަމަ  ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި ގައުމުގައި ހިނގާފައި ހުރި ވަށްކަމާއި ޖަރީމާތަހުގެ ފުރިހަމަ ތަހުގީގު ހިންގާނޭ ކަމަށެެވެ.

 

އެހެން ނަމަވެސް މިއަދު މަޖިލިސް ހުއްޓުވާ އެފުރުސަތު ނުދީ ހިފަހައްޓަނީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް، ކުރާ ވަށްކަންތައް ފަަޅާ އަރައިފާނެތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 އޯގަސްޓް 2017 | ހޯމަ 10:06
ހިރިލަންދޫ
އެހެންނެންނުވާނި ތިޔަރިޔާޒުވެސްހޮވުނީ ލާރިއާއިތަވެތިބަހާގެން