ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 04:39
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތި ގެންގުޅޭ ވިޔަފާރިކޮށް އޭގެ ބޭނުންކުރި މީހަކު ބަންދުކޮށްފި
 
ބަންދުކޮށްފައިވަނީ 23 އަހަރުގެ ޒުވާނެއް

މަސްތުވާތަކެތި ގެންގުޅޭ ވިޔަފާރިކޮށް އޭގެ ބޭނުންކުރި މީހަކު ބަންދުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ބަންދުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

ބަންދުގެ މުއްދަތަށް ދީފައިވަނީ 15 ދުވަހެވެ. އޭނާގެ މައްޗަށް ވުޖޫދުވާ މިންވަރަށް ހެކި ގަރީނާ ވަނީ ހުށަހެޅިފައި ކަމަށް އަމުރުގައި ބުނެފައިވެއެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ހެއްކެއްގެ ބަޔާން އަދި ފޮޓޯ ރިޕޯޓް ހުށަހަޅާފައިވެއެވެ.

މީގެ އިތުރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް އެތަނުން ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓުގެ ސިޓިންގރޫމުގެ މޭޒުމަތިން ނެގުނު ފުޅިއަކުން އޭނާގެ ފިންގަރ ޕްރިންޓް ފެނިފައިވާ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް