ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 11:09
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބު 2024
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބު ވޯޓުލުން
ފުރަތަމަ ގަޑިއިރު ވޯޓުލާފައިވަނީ 8 އިންސައްތަ މީހުން
 
އީސީން ބުނީ މިއަދު ހެނދުނު 9 ޖެހުމާ ހަމައަށް 24،703 މީހުން ވޯޓުލާފައިވާކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިޔަށްދާއިރު ފުރަތަމަ ގަޑިއިރު ވޯޓުލާފައިވަނީ 8.68 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ މިއަދު ހެނދުނު 9 ޖެހުމާ ހަމައަށް 24،703 މީހުން ވޯޓުލާފައިވާކަމަށެވެ. އެއީ 7،803 އަންހެނުންނާއި 16،900 ފިރިހެނުންނެވެ.

އިންތިޚާބުގެ ވޯޓުލުން ހަވީރު 5:30އާ ހަމައަށް ކުރިޔަށްދާނެއެވެ. މިހާތަނަށް 259،960 މީހުން އަދި ވޯޓު ނުލައެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 284،663 މީހުންނަށެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް