ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 23:00
ރައްޔިތުންގެ މަޖިޅިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ރައްޔިތުންގެ މަޖިޅިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
މުހައްމަދު ޝަރުހާން
އަފްރާޝީމްގެ މަރު
ރިޔާޒުގެ ސުވާލު: ރައީސް ޔާމީނަން ނޭނގި އަދީބް، ހުމާމާ ބައްދަލުކޮށްފާނެތޯ؟
މައްސަލައިގެ ތަފްސީލީ މައުލޫމާތު ހާމަކުރަންޖެހޭ
ރިޔާޒު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް އެފަދަ ކަމެއް ހިނގާފައެއް ނުވޭ
ޖަލުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ފޫޓޭޖް ބަލަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސެއިން ހުމާމް، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، އެތަނުން ނެރެގެން ރިސޯޓަކަށް ގެންގޮސް ދައުލަތުގެ އޭރުގެ އިސްވެރިއަކު ބައްދަލުކުރި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ސުވާލުތަކެއް އަމާޒު ކުރައްވާފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ހުމާމާ ބައްދަލުކުރި ކަމަށް ރައީސް އަބްދުﷲ ޔާމީން އެ އިޝާރަތް ކުރެއްވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ކަމަށެވެ. އެހެން ކަމަށްވާނަ މާފުށީ ޖަލުގައި ހުމާމް ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، އެތަނުން ހުމާމު ނެރެގެން ރިސޯޓަކަށް ގެންގޮސް އަދީބު، ހުމާމާ ބައްދަލުކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.

ހުމާމް ބައްދަލުކުރީ ކޮން ބޭފުޅެއް ކަމެއް އަދި ބައްދަލުކުރެއްވި ތާރީހެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ. މިކަމާ ގުޅިގެން ރިޔާޒު ވިދާޅުވީ އެފަދަ ކަމެއް އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމް އަދާކުރަނިކޮށް ދިމާނުވާ ކަމަށެވެ. މަރަށް ހުކުމްކޮށްފައިވާ ހުމާމްއާ ދައުލަތުގެ އިސްވެރިއަކު ބައްދަލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ބެލެވޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ގާނޫނާއި ހިލާފަށް އެފަދަ ކަމެއް ، ކުރެވިދާނެތޯ ރައީސް ޔާމީނަން ނޭނގި ، އަދީބް ކޮށްފާނެތޯ އެފަދަ ކަމެއް ރައީސް ޔާމީނަން ނޭނގި، ފުލުހުން ކިބައިން އެދެންޖެހޭ މި މައްސަލާގެ ތަފްސީލް ދެއްވަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމްގައި އަދީބް ހުންނެވިރު ، އަދީބަކީ އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލަށް ވުރެ ވެސް ނުފޫޒުގަދަ ބޭފުޅެއްކަމަށެވެ. އަދި އެކަން އޭރު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ދައްކަވާފައިވާ ވާހަކަތަކުންނާއި، ފެނިގެންދިޔަ ކަންކަމުން ވަރަށް ސާފުކޮށް ހާމަވާ ކަމަށާއި އެހެން ކަމަށްވާނަމަ، އަދީބް ކުރައްވާ ކަންކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

 

ރައީސް ޔާމީންގެ ވާހަކަތަކަށް އިޝާރަތް ކުރައްވާ ރިޔާޒު ވިދާޅުވީ ޖަލުން ގައިދީއަކު ބޭރަށް ގެންދާއިރު، އޭރު ޖަލު ބެލެހެއްޓުމަށް ހަވާލުވެ ހުންނެވި ބޭފުޅަކަށް ވެސް އިނގޭނެ ކަމަށެވެ. އަދި ޖަލުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކުގައި އެ ފޫޓޭޖްވެސް ހުންނަން ޖެހޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

 

"އަޅުގަނޑުގެ ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހިނގި ކަމެއް ނޫން، އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާ ދިޔަ ކަމެއް ކަމަށް މައުލޫމާތު ލިބެނީ، ޖަލުން މީހަކު ގެންދެވޭނީ ވަރަށް ބޮޑު ޕްރޮސެސްއެއްގެ ތެރެއިން ، ޖަލުން ގެންދާނަމަ ސީސީޓީވީ ފޫޓޭޖް ވެސް ހުންނާނެ،" ރިޔާޒު ވިދާޅުވިއެވެ.

 

ޑރ އަފްރާސިމްގެ މަރުގެ މައްސަލާއިގެ އިތުރު ތަފްސީލް ފުލުހުން އާންމު ރައްޔިތުންނަން ހިއްސާ ކުރަންޖެހޭނެ ކަމަށް ފާހަގަ ކުރައްވާ އެ މަރުގެ މައްސަލަ ލަސްވާތީ ރިޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

 

"ކޮންޓްރެކްޓް ކިލިންގެ މައްސަލަ އަކީ ވަރަށް އުނދަގޫ މައްސަލަތަކެއް ތަޙްގީގް ކުރަން ، ކުރައިމް ސީނުން އަކުން ފެންނާނީ ކަންކުރި މީހުންގެ ހެކި ، ދެން އެ މައްސާއިގެ ތުހުމަތު ކުރެވޭ މީހުންގެ ކިނބައިން ޖެހޭނީ އިތުރު މައުލޫމާތު ހޯދަން ، އަދި ފަންޑު ކުރި މީހުން ވެސް ހޯދަންޖެހޭ، އަޅުގަނޑު މަގާމްގައި ހުރި އިރު މައްސަލާއިގެ މައުލޫމާތު އާންމުނަން ހިއްސާކުރަމުން ދިޔައީ ،އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގެ މިފަދަ ކަމެއް ނުފެނޭ، އެ މައްސަލަ މިހާރު ތަޙްގީގް ކުރާކަމެއް ނޭނގޭ، ތިން އަހަރު ވެގެން ދިޔަ އިރު ކީވެގެންތޯ ކުރެވުނު މަސައްކަތް ހިއްސާކުރަންޖެހޭ" ރިޔާޒު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 އޯގަސްޓް 2017 | ހޯމަ 08:54
ކެސް
ޑރ އަފްރާސިމްގެ މަރުގެ މައްސަލާއިގެ އިތުރު ތަފްސީލް ފުލުހުން އާންމު ރައްޔިތުންނަން ހިއްސާ ކުރަންޖެހޭނެ ކަމަށް ފާހަގަ ކުރައްވާ އެ މަރުގެ މައްސަލަ ލަސްވާތީ ރިޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ ރިޔާޒު ޕޮލިސް ކޮމިޝަރަ މަގާމުގައި ހުރިއިރު ތިޔަ މައްސަލަ ރަގަޅަށް ތަހުގީގުނުކޮށް ދެން ކޮން ވާހަކައަކެއް ދައްކާކަށް... އޭރުއެކަން ނުވެ އޮތް އިރު ފުލުހުންގެ ބޮލުގައި ތިފަދަ އިންޒާމުތަކެއް އަޅުވާކަން...
6 އޯގަސްޓް 2017 | އާދީއްތަ 23:10
ސުވާލުކުރާމީހާ
ރިޔާޒޫ ތިޔަވަނީ މިސްކިތު ހުޅުލި މީހާއަށް. ރައީސް އެހެންވިދާޅުވީމާ ރިޔާޒު ކަންބޮޑުވާންވީ ކީއްވެހެއްޔެވެ؟ އަފްރާޝީމްގެ މައްސަލަ އޮއްބާލައި މިހާރު އެހެން ގޮތަކަށް އަނބުރާލަން އުޅުނަސް ރިޔާޒަކަށް ތިކަމެއް ނުވާނެއެވެ. ތިހެން އުޅެނިކޮށް އަތަށް ގޮވާފާނެއެވެ. މިކޮމެންޓެއް ނުޖަހާނަންދޯ؟