ކ. މާލެ
|
19 އޭޕްރިލް 2024 | ހުކުރު 15:51
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަދައްކަވަނީ
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވާހަކަދައްކަވަނީ
ރައީސް އޮފީސް
ޓުއަރިޒަމް މިނިސްޓްރީގެ ސިޔާސީ ބޭފުޅުން
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ޑެޕިއުޓީ މިނިސްޓަރުން ގޮތުގައި އައްޔަންކޮށްފައިވާ 11 ބޭފުޅުން އައްޔަންކޮށްފައިވޭ
ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ދެ ބޭފުޅަކު އައްޔަންކޮށްފައިވޭ
ޓޫރިޒަމް މިނިސްޓަރު ފައިސަލްއަށް މަހަކު 66،000 ރުފިޔާ ލިބޭ

މިސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީއަށް ސިޔާސީ 25 ބޭފުޅަކު އައްޔަންކޮށްފައިވާ ކަމަށާއި، މަހަކު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުރު ނޫހުން ވަނީ 17 ނޮވެމްބަރު 2023ން ފެށިގެން 02 އޭޕްރީލް 2024ގެ ނިޔަލަށް އައްޔަންކޮށްފައިވާ ސިޔާސީ ބޭފުޅުންގެ ތަފްސީލާއި މޫސާރައިގެ ތަފްސީލު ހޯދުމަށެވެ.

Advertisement

އެގޮތުން ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ޖަވާބުގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީގައި މިނިސްޓަރާ އެކު ޖުމްލަ 25 ބޭފުޅަކު ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ މުސާރައަށް މަހު މަހަކު 704،000 ރުފިޔާ ހޭދަވާ ކަމަށެވެ.

މޫސާރައިގެ ތަފްސީލަށް ބަލާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް މަހަކު 66،000 ރުފިޔާ، ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ދެ ބޭފުޅަކަށް 43،500 ރުފިޔާ، ޑެޕިއުޓީ މިނިސްޓަރުން ގޮތުގައި އައްޔަންކޮށްފައިވާ 11 ބޭފުޅުންނަށް 31،500 ރުފިޔާ، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 9 ބޭފުޅުންނަށް 25،500 ރުފިޔާ އަދި ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ ދެ ބޭފުޅުންނަށް 20،500 ރުފިޔާ މަހަކު ހޭދަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް