ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 17:04
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
 
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވޯޓުލާ މަރުކަޒުތަކަށް ވަދެ ނުކުމެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި
 
ކަންބޮޑުވާ ކަހަލަ ބައެއް ޝަކުވާތައް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި

މަޖިލިސް އިންތިޚާބުގެ ބަޖެޓުގެ ކަންކަން ހަމަޖެހޭނެ ކަމަށާއި އިތުރަށް 10 މިލިއަން ޚަރަދުވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބޭނުންވާ ބަޖެޓުގެ ތަފްސީލުތައް އެކުލަވާލައި، ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބަށް އިތުރަށް ބޭނުންވާ ބަޖެޓްގެ ތަފްސީލުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައި، ޚަރަދު ކުޑަކުރުމަށް ކުރެވެންހުރި ކަންކަން ވެސް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ވެސް ހަމަޖައްސައި، ނިމިފައިވާކަމަށެވެ. އެގޮތުން އިންތިޚާބާ ގުޅިގެން ރަށްރަށަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގައި ވެސް މައްސަލައެއް ދިމާނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މައްސަލައެއް ދިމައެއްނުވޭ. ވަރަށް އޮމާންކަމާއެކު އެ މަސައްކަތް ކުރިއަށް އެބަދޭ. ފުލުހުންގެ ވެސް އެހީތެރިކަމާއެކު އެކަން ކުރިއަށް މި ދަނީ.
އީސީގެ ރައީސް، ފުއާދު ތައުފީގު

ފުއާދު ވަނީ އަދިވެސް ބައެއް އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖިލިސް އިންތިޚާބަށް ބޭނުންވާ ގްރައުންޑް އޮފިޝަލުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ބައެއްފަހަރު ގްރައުންޑްގައި ތިބޭ އޮފިޝަލުން ކުރާ މަސައްކަތަކީ ދަށް ކަމެއް ކަަމަށް ދެކޭކަމަށާއި، އެކަމުގެ ސަބަބުން އޮފިޝަލުން ހޯދުމަށް ދަތިތަކާ ދިމާވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކަންބޮޑުވާ ކަހަލަ ބައެއް ޝަކުވާތައް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި އެންޓި ކެމްޕެއިނާ ގުޅުންހުރި ކަންކަން ހިމެނޭކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ވީހާވެސް ފަސޭހަކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައިވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވޯޓުލާ މަރުކަޒުތަކަށް ވަދެ ނުކުމެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓުލުމަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކެމްޕެއިނަށް ހަރުކުރި ތަކެތި ނަގަން ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެތަކެތި ނެގުމަށް އީސީން އިލްތިމާސްކޮށްފި
ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން
މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު
މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރަނގަޅު، ހާމަކަން ބޮޑު، ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ - ޓްރާންސްޕޭރެންސީ
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް ދަނީ މަސައްކަތްކުރަމުން: އީސީ