ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 11:21
ރޮމާރިއޯ
ރޮމާރިއޯ
ގޫގުލް
ރޮމާރިއޯ
58 އަހަރުގައި ރޮމާރިއޯ އަލުން ފުޓްބޯޅަ ދަނޑަށް
ބޭނުންވަނީ ދަރިފުޅާއެކު ބައެއް މެޗުތައް ކުޅެން: ރޮމާރިއޯ

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ބްރެޒިލްގެ ސެނެޓަރު ރޮމާރިއޯ އުމުރުން 58 އަހަރުގައި އަލުން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ނިންމައިފި އެވެ.

ބްރެޒިލްގެ ކުރީގެ އެއްވަނަ ފޯވަޑް ރިޓަޔާމަންޓް އުވާލައި ރަޖިސްޓާކޮށްފައިވަނީ އޭނާގެ ދަރިފުޅު ކުޅެމުން އަންނަ ބްރެޒިލްގެ ދެ ވަނަ ޑިވިޝަނުގެ ކުލަބު އެމެރިކާ ފުޓްބޯޅަ ކުލަބުގަ އެވެ.

ރޮމާރިއޯ އަކީ 1994 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރު އަދާކޮށްދިން ފޯވަޑެވެ.

ރޮމާރިއޯ - ގޫގުލް
އަހަރެން ލީގުގައި ނުކުޅޭނަން. އެކަމަކު ދަރިފުޅާއެކު ބައެއް މެޗުތައް ކުޅޭނަން
ރޮމާރިއޯ

ރޮމާރިއޯ ރިޓަޔާ ކުރުމުގެ ކުރިން އެންމެ ފަހު މެޗު ކުޅުނީ 2009ގަ އެވެ. އޭނާ ކެރިއަރު ފެށީ 1985 ވަނަ އަހަރު ބްރެޒިލްގެ ވަސްކޮޑަގާމާއިންނެވެ. އެއަށްފަހު ނެދަލޭންޑްސްގެ ޕީއެސްވީ އާއި ސްޕޭނުގެ ބާސެލޯނާގައި މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖެހި އެވެ.

ކުޅުން ހުއްޓާލުމަށްފަހު ރޮމާރިއޯ ބަދަލުވީ ސިޔާސީ ދާއިރާއަށެވެ. އޭނާ އަކީ ރިއޯޑިޖެނީރޯގެ ސެނެޓަރެއްވެސްމެ އެވެ.

އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 70 މެޗުން 55 ގޯލު ޖަހައިދީފަ އެވެ. އަދި ފީފާއިން ހޮވި 1994 ވަނަ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

- ކޮމެންޓް