ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 15:24
ޓްރާންސް ޕޯޓް މިނިސްޓަރ އަމީން (ވ) ހެލްތް މިނިސްޓަރ ޚަލީލް (ކ)
ޓްރާންސް ޕޯޓް މިނިސްޓަރ އަމީން (ވ) ހެލްތް މިނިސްޓަރ ޚަލީލް (ކ)
ރާއްޖެއެމްވީ
ިރިޝްވަތު
މިނިސްޓަރު ހަލީލާއި އަމީން ޕީއެންއެފްގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި - މަލީހު
 
މި ސަރުކާރު ވެރިކަމަށް ގެނައީ ރިޝްވަތާ ދުރުވާން
 
ޕީއެންއެފްގެ ކެންޑިޑޭޓުންނަށާއި، މިނިވަން ކެންޑިޑޭޓުންނަށް ގުޅާފައި ރިޝްވަތު ހުށަހަޅަމުންދޭ

ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ޕީއެންއެފްގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ސަރުކާރަށް ތާއީދުކުރުމަށް އެދެމުންދާ ކަމަށް ޕީއެންއެފްގެ ސެނެޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަގަހަ ޖަލްސާފައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ މިއަދު ފެނިގެންދަނީ ވަޒީފާގެ އަޅުންނާއި ފިކުރުގެ ގައިދީންނަށް ދިވެހިރައްޔިތުން ހަދައިގެން މުޖްތަމުގައި ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުންކުރަމުންދާތަން ކަމަށެވެ. މަލީހު ވިދާޅުވީ އެއީ ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް އެ މީހަކު ބޭނުންވާ މީހަކަށް ވޯޓު ދިނުމުގެ ހައްގު އޮންނަންޖެހޭ ކަމަށެވެ.

މަލީހު ވިދާޅުވީ ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް، ޕީއެންއެފްގެ ކެންޑިޑޭޓުންނަށާއި، މިނިވަން ކެންޑިޑޭޓުންނަށް ގުޅާފައި ރިޝްވަތު ހުށަހަޅަމުންދާ ކަމަށެވެ. އެއީ ސަރުކާރުގެ މިނިސްޓަރެއް ކަމަށާއި، ގާނޫނު އަސާސީއާއި އެއްގޮތްވާގޮތުގެ މަތިން ހުންނެވީ ވަޒީރުގެ ކަމުގެ ހުވާ ކުރައްވައިގެން ކަމަށެވެ.

ރިޝްވަތު ހުށަހަޅުއްވަނީ ސަރުކާރު ފަޅިއަށް އަންނާށޭ. ސަރުކާރު ކެންޑިޑޭޓަށް އަންނާށޭ ތިމަންނަ މިހާ ފައިސާއެއް ދޭނަމޭ. ތިމަންނަ މިހާ ވަޒީފާއެއް ދޭނަމޭ. ކެޕްޓަން އަމީންވެސް މިމަސައްކަތް ކުރައްވާ، ޓްރާންސް ޕޯޓް މިނިސްޓަރ. އެހެންވީމަ މިއީ ވަރަށް ލަދު ހުތުރު ކަންތައްތަކެއް ނޫންތޯ. މިކަމާއި ދުރަށްދާން ނޫންތޯ އަޅުގަނޑުމެން މަސައްކަތްކުރީ.
މުހައްމަދު މަލީހު ޖަމާލު

ޕީއެންއެފުން ބުނެފައިވަނީ ސަރުކާރުން ރިޝްވަތު ހުށަހެޅުން ވަނީ އާންމު ކަމަކަށްވެފައި ކަމަށައި، ކެބިނެޓް މިނިސްޓަރުން އިސްވެތިބެ އެކަންކަން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕީއެންއެފްއިން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި، ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

ސަރުކާރުން ކޮރަޕްޝަން އާންމު އާދައިގެ ކަމަކަށް ހަދާފައިވާ ކަމަށާއި، މި ސަރުކާރު ގެނައީ އެކަން ހުއްޓުވަން ނަމަވެސް، އެކަންކަން ފާލުން ނެއްޓިފައިވާ ކަމަށެވެ. އަދި ދިވެހިންގެ ފައިސާ ބޭނުންކުރަމުންދަނީ އެންމެ ދިވެއްސެއްގެ މަސްލަހަތަށްޓަކައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް